ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން--ފޮޓޯ/އާބަންކޯ
ހަބަރު
26 Nov 2023 | 14:55
ތިލަފުށި ހިއްކުމުން ވިޔަފާރިވެރިންނަށް ގެއްލުންވާނެތީ ރައީސަށް ޕެޓިޝަނެއް ހުށައަޅައިފި

ކުރީ ސަރުކާރުން ރާވާފައިވާ ގޮތަށް ތިލަފުށި ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އެ ސަރަހައްދުގައި ކުރިއަށްދާ ގިނަ ވިޔަފާރި ތަކަށް ގެއްލުންވާނެތީ، ވިޔަފާރިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ވިޔަފާރިވެރިން ހުށައެޅި ޕެޓިޝަންގައި ބުނެފައި ވަނީ ތިލަފުށީގެ ފަޅުތެރެއިން ސަރަހައްދެއް ހިއްކުމަށް 18 ޑިސެންބަރުގައި ހިއްކުމަށް ހަމަޖެހިފައިވާތީ، އެސަރަހައްދުގައި ހުރި އުނޅަދުތައް 7 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައިވާކަމަށެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ސަރަހައްދަކީ ކުދި އެތައް ވިޔަފާރިއެއްގެ ހަރަކާތްތައް ހިނގަމުން އަންނަ ސަރަހައްދެއްކަމަށާއި، އެ ވިޔަފާރިތައް ހިންގުމަށް އެ ސަރަހައްދުން ބިން ހޯދީވެސް އެ ސަރަހައްދުގެ މޫދާއި ފަޅު ބޭނުންކޮށްގެން ރާއްޖޭގެ އިޤުތިޞާދަށް ފައިދާވާ މަސައްކަތްތަކެއް ކުރުމުގެ މަގްސަދުގައިކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

އެގޮތުން އެ ސަރަހައްދުގައި ކުރިއަށް ދާ ވިޔަފާރިތަކުގެ ތެރޭގައި ލޭންޑިން ކްރާފްޓު ބަނުމާއި، އުޅަނދުފަހަރު ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމާއި، ބަނދަރު ހެދުމާއި، އެއާޕޯޓު ތަރައްޤީކުރުމާއި، ބިން ހިއްކުމާއި، ރިވެޓުމެންޓު ޖެހުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުން ފަދަ މަސައްކަތްތައްކުރާ ވިޔަފާރިތައް ހިމެނޭއިރު، އެ ސަރަހައްދު ސަރުކާރުން ހިއްކައިފިނަމަ އެ ހުރިހާ ވިޔަފާރި ތަކެއްވެސް  ހުއްޓޭނެ ކަމުގައި އެ އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ތިލަފުށީން ސަރުކާރުން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ކުންފުނިތަކުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ވަރަށް އުދަގުލުން އަމިއްލައަށް ހިއްކި ސަރަހައްދެއްކަން ވިޔަފާރިވެރިން ވަނީ ފާހަގަ ކޮށްފައެވެ.އެެހެންކަމުން އެ ސަރަހައްދުގެ މޫދު ހިއްކައިފިނަމަ މިހާރު ހިނގަމުންދާ ވިޔަފާރީގެ މަސައްކަތްތައް އެކީ ހުއްޓި، އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް އެ ވިޔަފާރިވެރިން ބުނެއެވެ.

މިފަދަ ބޮޑެތި ގެއްލުން އެސަރަހައްދުގައި ކުރިއަށްދާ ވިޔަފާރި ތަކަށް ލިބެނޭތީ އެ މަސައްކަތް ހުއްޓުވައިދެއްވަން ރައީސް ޑރ.މުޢިއްޒުގެ އަރިހުން އެ ވިޔަފާރިވެރިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.