ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
30 Oct 2023
މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ 20 އިންސައަކީ ޕީޕީއެމް-ޕީއެންސީގެ އަންހެންބޭފުޅުންނަށް ވެގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، އެ ޓާގެޓު ހާސިލްކުރުމަށް މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
30 Oct 2023
"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްސަ ވުޒާރާއެއް ހަދާނަން"
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނަމުގައި ޝާމިލުވާގޮތަށް ވުޒާރާއެއް ޤާއިމްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
30 Oct 2023
"އިޤްތިޞާދު ކޮޅަށް ޖެހުމަށް އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމަން ޖެހޭ"
ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ދިވެހިރާއްޖޭގެ މައި އެއާޕޯޓު "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު" ގެ ކެޕޭސިޓީ އިތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަޝާފައިވާ ބިޔަ މަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
30 Oct 2023
ޕެނަލްތައް ނަގަން ވީ ވައުދާއެކު ގިނަ ބައެއްގެ ތައުރީފު
ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގައި ބްރިޖުގެ ހާސްކަން ފިލުވާދިނުމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވެލެއްވި ވައުދަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުން ނެވެ.
29 Oct 2023
"ޕީޕީއެމް/ޕީއެންސީ އަންހެން މެންބަރުންނަށް ޕާޓީން އެލަވަންސްއެއް"
ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Oct 2023
"ބޯހިޔާވަހިކަމަށް އެދި ހުށައެޅި އެއްވެސް ފޯމެއް ބާތިލެއް ނުކުރާނަން"
ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި އެއްވެސް ރައްޔިތަކު ހުށައެޅި ފޯމެއް ބާތިލެއް ނުކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
"ހުވާކުރާތާ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން"
ވެރިކަމަށް ހުވާކުރާތާ ފުރަތަމަ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
"ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި އެހެން ރަށަކަށް ބަދަލުކުރާނަން"
ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި އެކަމަށް ޚާއްސަ ރަށަކަށް ބަދަލުކުރަައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.