ވިސިޓަރސް ކައުންސިލްގެ ކޯ ޗެއަރކަން ކުރައްވާ އިކޮނޮމިކް މިނިސްޓަރ ސައީދު
ހަބަރު
20 Nov 2023 | 20:20
އިޤްތިޞާދު ޑައިވަރސިފައި ކުރުމަށް ވިސިޓް ކައުންސިލެއްް އުފައްދައިފި

ދިވެހިރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމަށްޓަކައި ވިސިޓަރސް އިކޮނުމީ ކައުންސިލްގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޚާއްސަ ކައުންސިލެއް އެކުލަވާލައިފިއެވެ. 

ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ޗެއަރކަން ކުރައްވާ، އުފެއްދެވި މި ކައުންސިލްގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އެއްކަމަކަށް ބަރޯސާ ނުކޮށް އިގްތިޞާދު ޑައިވަރސިފައި ކުރުން ކަމުގައި ވިސިޓަރސް ކައުންސިލްާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ކޯޗެއަކަން ކުރައްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވިސްނުންފުޅެއް މި ހުރީ އިގުތިސޯދު ޑައިވާސިފައި ކުރުމަށްޓަކައި. އިގުތިސޯދު ހަމައެކަނި އެއް ކަމަކަށް ބަރޯސާނުކުރުމަށް ޓަކައި

އިކޮނޮމިކް މިނިސްޓަރ ސައީދު 

މިއަދު އެކުލަވާލި ވިސިޓަރސް އިކޮނުމީ ކައުންސިލްގެ މެމްބަރުން 

ކައުންސިލްގެ ޗެއަރ - ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 

ކައުންސިލްގެ ކޯޗެއަރ:

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް

ކައުންސިލްގެ މެމްބަރުން:

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާޢީލް ޝަފީޢު

ހެލްތް މިނިސްޓަރ ޑރ ޢަބްދުﷲ ޚަލީލް

ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ މަރްޔަމް މާރިޔާ

ސްޕޯރޓްސް މިނިސްޓަރ ޢަބްދުالله ރާފިޢު

ހެރިޓޭޖް މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމް 

ޓްރާންސްޕޯރ މިނިސްޓަރ މުޙައްމަދު އަމީން

ސައީދު ވިދާޅުވި ގޮތުގައި ވިޒިޓާ ކައުންސިލުގެ މަގުސަދަކީ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރުމާ އެކުއެކީގައި ޓޫރިޒަމް ސިނާއަތް ވެސް ސިންދަފާތުކޮށް، އާ ވައްތަރުތަކުގެ ޓޫރިޒަމް ފައްކާކުރުމެވެ. އޭގެ މިސާލުތައް ދެއްވަމުން ސްޕޯޓްސް ޓޫރިޒަމާއި އެޑިޔުކޭޝަން ޓޫރިޒަމާއި މެޑިކަލް ޓޫރިޒަމްގެ އިތުރުން ހެރިޓޭޖް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތާ އެކީގައި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމުން އިގުތިސޯދަށް ވަންނަ ފައިސާ ހަ ބިލިއަން ޑޮލަރަށް އިތުރު ކުރުމެވެ. މިއީ މިހާރު ޖުމްލަ އިގުތިސޯދީ އުފެއްދުންތެރިކަމާ އެއްވަރުގެ އަދަދެކެވެ. އަދި މިއީ ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގައި 2027 ގެ ކުރިން ވާސިލުވާން ކަނޑައަޅާފައިވާ އަމާޒުވެސްމެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.