އައު ސަރުކާރުގެ ވަޒީރުން ހުވައި ކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
21 Nov 2023 | 10:06
ކެބިނެޓްގެ ވަޒީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފިއެވެ.

ރައީސް މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމަށް އެދިވަޑައިގެން އިއްޔެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފައިވާއިރު، މިއާދު ވަނީ އެ ސިޓީފުޅު މަޖިލީހުގައި އިއްވާފައެވެ. 

ވަޒީރުންގެ މަޖިލީހަށް އައްޔަންކޮށްފައިވާ 22 މެންބަރުން:

މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް އަލްފާޟިލް މޫސާ ޒަމީރު.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޢަލީ އިޙްސާން.

މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.

މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ސަޢީދު.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް.

އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.

މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް ޢަބްދުالله ރާފިޢު.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް.

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަމީން.

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ވަޙީދު.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ޝަރީފް

ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރައްވާ ވަޒީރުންގެ ނަންތައް، ވަޒީރުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ