22 Oct 2025
ލާމުގެ 11 ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށްކަމަށްވާ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.
22 Oct 2025
ގަން ތުނޑި އަވަށުގެ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި
22 Oct 2025
މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށައިފި
2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި އެއްވަސް ވަރަކަށް ފުލުހުންގެ ހިދުމަތް ނެތް 66 ރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
22 Oct 2025
ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހަދަން ބައިސަން ކުންފުންޏަށް
މިރޭގެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
22 Oct 2025
ގަމަށް ބަދަލުވީ މީހުންނަށް 8.45 މިލިއަން ރުފިޔާ، ކޮންމެ މީހަކަށް ބައިލައްކަ
ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މައުލޫމާތުތައް ހޯއްދެވުމަށް ފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ހައްގުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
21 Oct 2025
ތެލެސީމިއާ ކުދީންނަށް އަންނަ އަަހަރުން ފެށިގެން އެލަވަންސް، 11 މިލިއަން ބަޖެޓްގައި ހިމަނައިފި
އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 11.7 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ. އެއީ ކޮންމެ ކުއްޖަކަށް / މީހަކަށް މަހަކު 1,000 ރުފިޔާ އެެވެ.
21 Oct 2025
އެކަނިވެރިމައިންގެ އެލަަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަނީ
ހައްދުންމަތީ ގަމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.
21 Oct 2025
ފޮނަދޫ ފަޅުތެރެއިން 30 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި
މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ބޭނުމަށާއި ރަށުގެ ބޭނުމަށް ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެއާޕޯޓުގެ ބޭނުމަށް 114 ހެކްޓަރު އަދި ރަށުގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ