ވިލިމާލޭ ނިކަގަސް ކެނޑުމާމެދު ވޯޓު ނަންގަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Nov 2025 | 09:37
ކަނޑާލާ ދެ ނިކަ ގަހުގެ ބަދަލުގައި ވިލިމާލޭގައި 300 ގަސް އިންދަން އަންގައިފިން: ރައީސް

ވިލިމާލޭގައި ހުންނަ ދެ ނިކަގަސް ކަނޑާލުމަށްފަހު، އެ އަވަށުގައި 300 ގަސް އިންދުމަށް ތިމާވެއްޓާ ބެހޭ ވަޒީރަށް މިހާރު އަންގަވާފައިވާނެ ކަން ރައީސް މުހައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ވިލިމާލޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ޖަލްސާއަށް ހާޒިރުވި އަވަށުގެ ރައްޔިތުންވަނީ، ވިލިމާލޭ ދެ ނިކަގަހުގެ ސަބަބުން ގިނަ އަނދަގޫތަކެއް އެ ގަސް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަމުންދާކަން ފާހަގަކޮށްފައެވެ.

އެއާއެކު ރައީސްވަނީ އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން އިއުލާން ކުރެއްވާފައެވެ.

އެކަމާ ގުޅިގެން ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ރައީސްއަށް ވަނީ އަމާޒުވެފައެވެ. 

ރޭ މައްޗައްގޮޅީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތްތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ތިމާވެއްޓާމެދު އެންމެ ބޮޑަށް ވިސްނާ، ތިމާވެށި ރައްކާތެރިކުރަން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. އެގޮތުން ފަސް މިލިއަން ގަސް ފަސް އަހަރު ތެރޭގައި އިންދުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ގާތްގަނޑަކަށް އެއް މިލިއަން ގަސް މިހާރުވެސް އިންދާފައިވާ ކަމަށް ވިދާޅުވިއެވެ. 

ކުރިއަށް މި އޮތް ތިން އަހަރު ތެރޭ އަޅުގަނޑުމެން ސްޕީޑްއަޕް ކޮށްގެން މި ފަސް މިލިއަން މި ހަމަކުރަނީ. ޕްލެޖް ކޮށްފައި އެބަހުރި 6 މިލިއަން. ބޭރުގެ ދޭދޭ ގައުމުތަކުންނާ އެކި އެންޖީއޯތަކުންނާ. ސަރުކާރުގެ ބަޖެޓް ތެރެއިން ޚަރަދުކޮށްގެންވެސް ފަސްމިލިއަން ގަސް އެބަ އިންދަން. ފެހި ކުރުމުހެ ޕްރޮގްރާމެއް އެއީ.

ރައީސް މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓަކީ މުހިއްމު އެއްޗެއް އެކަން ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. 

"އަޅުގަނޑުމެންނަކީ ފެހިކަމަށް ލޯބި ކުރާ، ގަސްތަކަށް ލޯބި ކުރާ ބައެއް. އަޅުގަނޑުމެންނެއް ގަސް ކެނޑުމާ މިކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން.“

ރައީސް މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ، ތަނެއްގެ ޒަރޫރީ ބޭނުމަކަށް ނުވަތަ، ގަހުގެ ސަބަބުން މީހުންނަށް ތަކުލީފްތަކެއް ކުރިމަތިވާނަމަ، އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތީން، ގާނޫނީ އިޖުރާޢަތްތައްވެސް ފުރިހަމަ ކޮށްގެން، ގަހެއް ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއްނޫން ކަމަށެވެ. އަދި ޒަރޫރީ ބޭނުމަށް ކަނޑާލާ ގަހުގެ ބަދަލުގައި އިތުރު ގަސްތަކެއް އިންދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

"އެއް ގަސް ނަގައިފިއްޔާ މަދުވެގެން ތިން ގަސް ޖަހަން ޖެހޭނެ. މިހާރު ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އަޅުގަނޑު އޮންނާނީ އެންވަޔަރަމެންޓް މިނިސްޓަރަށް ދަންނަވާފައި މުޅި ވިލިމާލޭގައި މަދުވެގެން 300 ގަސް ޖަހަން ވާނެއޭ، މަދުވެގެން 300 ގަސް. މިހާރު އެބޭފުޅުން އެ ޕްރޮގްރާމް އެ ފަށަނީ،"

ރައީސް މުހައްމަދު މުޢިއްޒު

”އަޅުގަނޑުމެންނަކީ ފެހި ކުރުމަށް ލޯބިކުރާ ބައެއް. ރިނިޔުވަބަލް އެނާޖީއަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ސިޔާސަތު.“ ރައީސް ވިދާޅުވިއެވެ.  

ރައީސް ވިދާޅުވީ 2028 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ ކަރަންޓަށް ކުރާ ޚަރަދުގެ 33 އިންސައްތަ އަކީ ރިނިޔުވަބަލް އެނާޖީއަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުވެސް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި