އައިޖީއެމްއެޗް އައިނު ފިހާރަ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Nov 2025 | 19:02
އައިނު ހެއްދުމަށް އެހީގެ ގޮތުގައި 47 މިލިއަން ރުފިޔާ ހަރަދުކޮށްފި

އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދެމުންއައި އެހީ ބޮޑުކުރި ފަހުން, އައިނު ހެއްދުމަށް ކުރި ހޭދަ 47.4 މިލިޔަން ރުފިޔާއަށް އަރާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން މިއަދު 'އެކްސް' ގައި ހާމަކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން އޮކްޓޫބަރި މަހުގެ ނިޔަލަށް އައިނު ހެއްދުމަށް ވަނީ 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. ތަފާސްހިސާބަށް ބަލާއިރު އައިނުހެއްދުމަށް އެންމެބޮޑު ހޭދައެއްކޮށްފައިވަނީ އަމިއްލަ ކްލިނިކްތަކަށެވެ. އެގޮތުން އައިނު ހައްދައިދޭ އަމިއްލަ ކްލިނިކްތަކުން ހިދުމަތްހޯދި 17،117 ފަރާތަކަށް ވަނީ 32،668،401.71 ރުފިޔާ ހަރަދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތަކުން 7،382 ފަރާތެއްގެ އައިނު ހެއްދުމުގެ ކަންކަމަށް ވަނީ މުޅި ޖުމުލަ 14،764،000 ރުފިޔާ ހަރަދުކޮށްފައެވެ.

އައިނު ހެއްދުމަކީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭކަމަކަށް ވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ވެސް ފައްޓަވާފައެވެ. އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ، އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ. ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔަ 1000 ރުފިޔާގެ އެހީތެރިކަން މިހާރު ވަނީ 2000 ރުފިރާއަށް ބޮޑުކޮށްފައެވެ. 

ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ސަރުކާރުން ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.