ރަސްމާލެ ބިން ހިއްކުން ކުރިއަށް ދަނީ-- ފޮޓޯ/ވޮއިސް
ހަބަރު
26 Nov 2025 | 10:41
އަންނަ މާރިޗު މަހު ރަސްމާލެ ހިއްކާ ނިމެނޭ: ރައީސް މުޢިއްޒު

އަންނަ އަހަރުގެ މާރިޗު މަހަށް ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިނަމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް އަންނާނެކަމަށެވެ. މި ޑްރެޖަރަކީ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތަށް ގެނައި ޑްރެޖަރަށް ވުރެ ބޮޑު ޑްރެޖަރަކަށް ވުމުން ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސ ރަސްމާލޭގެ 3 ސަރަހައްދަކުން އެއްފަހަރާ ބިން ހިއްކަމުން އަންނަ ކަމާއި، ރަސްމާލޭގެ ބިން ދެން އަންނަ އަހަރުގެ މާރިޗު މަސް ނުވަތަ އޭޕްރީލް މަހާއި ހަމައަށް އެއްކޮށް ނިންމާލެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  

މި ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިންމުމަށް އުސޫލުގެ ތެރެއިން މިހާރުވެސް އެމަސައްކަތްތައް ކުރެވެމުންދާކަމަށެވެ. ރަސްމާލެއިން ޖުމްލަ 25000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި ސަރުކާރުންވަނީ ރަސްމާލެއިން 15000 ގޯތިދޫކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާފައެވެ. 

 "ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާރިޗު ނުވަތަ އޭޕްރީލް މަހާހިސާބަށް، އެއީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް. ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވަނީ. ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާން ކުރެވިފައި."

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ރައީސް ވިދާލުވީ ކުރީގެ ސަރުކާރުން  ނުހިއްކާ ހުރި ތަންތަނުން  ގޯތިތައް ދީފައި ހުރުމުން އެތަންތަން ހިއްކުމުގެ މަސައްކަތް ވެސް މިސަރުކާރުން ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަސައްކަތްތައް އަވަސްކުރުމަށް އިތުރު ޑްރެޖަރު ގެނެސްފައިވާ ކަމަށާއި އެޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި، އަންނަމަހުގެ ނިޔަލަށް ފޭސް 3ގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ގިރާވަރު ހިއްކުމުގެ މަސައްކަތެއް ފަށާ، އެ މަސައްކަތް ވެސް 2 މަސް ދުވަހުގެ ތެރެ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.   

 ރަސްމާލެ ހިއްކުމުގެ މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގަމުން އަންނަ އެންމެ ބިޔަ މަޝްރޫޢެވެ. މިދިޔަ އަހަރުގެ ތެރޭގެައި ފެށި މި ބޮޑު މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. އަދި އެ ސަރަހައްދުން ގެދޮރު ދޫކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ސަރުކާރުން ކުރިއަށް ގެންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި