24 May 2026
”މިއީ ނަޝީދުނޫން އެހެން ބޭފުޅަކަށް ފުރުސަތު ދޭންޖެހޭ ދަނޑިވަޅެއް ނޫން“
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ދަނޑިވަޅެއްގައި، އެހެން ފަރާތަކަށް އެ ފުރުސަތު ދޭންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުالله ވިދާޅުވެއްޖެއެވެ.
21 May 2026
ތާއީދު ކުރަނީ މީކާއީލަށް، މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ސޯލިހް
ރައީސް ސޯލިހް ވިދާޅުވީ ޗެއާޕަސަން އިންތިހާބުގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ މީކާއީލަށް ކަމަށެވެ. އަދި މީކާއީލް އެންޑޯސްކުރެއްވުމަށް އެންމެ މުނާސަބީ ހިންނަވަރުގެ ފަސްގަނޑުގައި ހުންނަވާ ކަމުގައި ވިދާޅުވި އެވެ.
19 May 2026
އިދިކޮޅު ތިން ރައީސުންގެ މަސައްކަތަށް އެއްބާރުލުންދޭން އެމްޑީޕީ ފާސްކޮށްފި
އިދިކޮޅު ތިން ރައީސުން ގުޅިގެން ފަށާފައިވާ މަސައްކަތަށް އެއްބާރުލުންދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
18 May 2026
ޕީއެންސީ މެންބަރުންގެ ވޯޓާއެކު މި އަހަރު ނިމުމުގެކުރީން ވެރިކަން ބަދަލުކުރާނެ: ނަޝީދު
"މި ރައީސަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން [ޕީއެންސީގެ މަޖިލީސް މެންބަރުން] ސޮއިކުރައްވާނެ," ނަޝީދު ވިދާޅުވި އެވެ.
17 May 2026
ތިން ރައީސުންގެ މަންދޫބުން ކަނޑައަޅައިފި
މީޑިއާތަކަށް މިނިވަންކަން ހޯދައިދީ، ޚިޔާލުފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ކުރީގެ ތިން ރައީސުންގެ މަންދޫބުން ކަނޑައަޅުއްވައިފިއެވެ.
15 May 2026
ޗެއާޕާސަން އިންތިޚާބުގައި ތާއީދު ކުރަނީ މީކާއިލްއަށް: ޞާލިހް
ކުރިއަށް އޮތް އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އެމަނިކުފާނު ތާއީދު ކުރައްވަނީ މީކާއީލް އަހްމަދު ނަސީމް އަށް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
15 May 2026
އަދީބުވެސް ނިކުންނަވައިފި، ތިން ރައީސުންނާއި ބެހޭގޮތުން ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި
ތިން ރައީސުން ބައްދަލުކުރައްވާ ފޮޓޯއަކާއެކު އަދީބު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މިރޭގެ ތިން ރައީސުންގެ ބައްދަލުވުމަށް ފަހު މި ރައީސުންނާއި ބެހޭގޮތުން ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށެވެ.
15 May 2026
އެކުގައި މި ނިކުތީ ނޫސްވެރިކަން ހަނިކޮށް ހުދުމުހުތާރު ވެރިކަމަކަށްދާތީ: ތިން ރައީސުން
ތިން ބޭފުޅުންވެސް ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަން ޖެހުނީ ނޫސްވެރިންގެ ހައްގުގައިކަމަށެވެ