25 Mar 2026
އެމެރިކާގެ "ސެކިއުރިޓީ އަމްބްރެލާ" އަށް ރައީސް ނަޝީދު ފާޑުވިދާޅުވެއްޖެ
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ ބޭރުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް އޮތް އިތުބާރު ކުޑަވަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ގައުމުތަކުން މިހާރު އިސްކަންދެނީ އަމިއްލަ ސަރަހައްދީ އިސްތިގުލާލު ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.