ރައީސް ނަޝީދު؛ ފޮޓޯ / ވޮއިސް
ހަބަރު
23 Apr 2026 | 13:45
އަޅުގަނޑުގެ އަމާޒަކީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން: ރައީސް ނަޝީދު

އެމަނިކުފާނުގެ އަމާޒަކީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު އިހަވަންދޫގެ ރައްޔިތުންނާއި އެކު އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަޅުގަނޑުގެ އަމާޒަކީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން. އަޅުގަނޑު ދެކޭގޮތުގައި އެއްވެސް ދިވެހި ރައްޔިތެއް، އެއީ އަޅިގަނޑުގެ އަމިއްލަ ދަރިއެއް ކަމުގައި ވިޔަސް އަދި ނުވޭ 2 ދައުރު ހިންގާކައް. އެއީ އަޅުގަނޑު ބިރުގަނޭ އެ 30 ދައުރާއި ހަމައަށް ހިނގާދާނެތީ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ރައީސް ނަޝީދު ވަނީ ރާއްޖެ ދޫކޮށް އެފްރިކާގެ ގާނާ އަށް ފުރައިވަޑައިގަންނަވާފައެވެ.

3 އަހަރު ވަންދެން އެފްރިކާގައި ވަޒީފާ އަދާކުރުމަށްފަހު، ރައީސް ނަޝީދު ވަނީ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ފަށާފައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ރައީސް ނަޝީދު ދަނީ ފައްޔާޒު އިސްމާއިލާއި ގުޅިގެން ކެމްޕެއިން ކުރަމުންނެވެ. އެގޮތުން، ހދ. ކުޅުދުއްފުށްޓައް ގޮސް އެ ބޭފުޅުން ދަނީ މިހާރު އިހަވަންދޫގައި ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުން، 2028 ގެ ރިޔާސީ އިންތިޚާބުގައި ފައްޔާޒު ވާދަކުރެއްވުމަށް ނަޝީދު ތާއިދު ކުރައްވާއިރު، ވެރިކަން ލިބިއްޖެ ނަމަ، ދައުލަތާއި ސަރުކާރަކީ ވަކި ދެ ބާރުގެ ގޮތުގައި ހަދައި، ދައުލަތުގެ ވެރިއަކަށް ފައްޔާޒު އަދި ސަރުކާރުގެ ވެރިއަކަށް ނަޝީދު ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.