މީކާއީލްގެ ޓީމް -- ފޮޓޯ: ވޮއިސް
ހަބަރު
21 Apr 2026 | 18:42
މި އޮތީ މީކާއީލްގެ ޓީމް، ސޯލިހާއި ޝާހިދުއާ ފައިސަލްގެ ތާއީދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމްގެ ކެމްޕެއިން މިއަދު ރަސްމީކޮށް ލޯންޗު ކޮށްފި އެވެ.

އޭނާގެ ކެމްޕެއިން ލޯންޗުކުރީ "އިތުބާރު" ނަމުގަ އެވެ. ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި އެމްޑީޕީގެ އިސް ގިނަ ބަޔަކު ބައިވެރިވި އެވެ.

މީކާއީލް ވިދާޅުވީ އޭނާ މި އިންތިހާބަށް ނިކުންނެވީ ޕާޓީގެ ގިނަ ލީޑަރުންތަކެއްގެ ތާއީދާ އެކު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކަމަށް ވިދާޅުވި އެވެ.

މީކާއީލްގެ ކެމްޕެއިން ފެށުން -- ފޮޓޯ: ވޮއިސް

އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތާއީދު އޮތް ކަމަށް ވެސް ވިދާޅުވި އެެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ނާއިބަކަށް ހުންނެވި ފައިސަލް ނަސީމާއި އެމްޑީޕީ ޕީޖީ ގުރޫޕްގެ ގިނަ މެންބަރުންތަކެއްގެ ތާއީދު އޮތް ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުން މިއަދުގެ ހަފްލާގައި ބައިވެރިވި އެވެ.

މީކާއީލްގެ ކެމްޕެއިން ފެށުން -- ފޮޓޯ: ވޮއިސް

އޭގެ ތެރޭގައި ޕީޖީ ގުރޫޕްގެ ލީޑަރު ނާޒިލްއާ މެންބަރު ޑރ. ޝަމްހީދާއި މެންބަރު މުހައްމަދު އިބްރާހިމް އާއި މެންބަރު ޒިޔާދާއި މެންބަރު މައުރޫފް ވެސް ހިމެނެ އެވެ.

މީކާއީލްގެ ކެެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ރައީސް ސޯލިހްގެ ކޮއްކޮ, ކުރީގެ މެންބަރު އަލީ ނިޔާޒާއި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމާއި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ހިމެނެ އެވެ.

މީކާއީލްގެ ކެމްޕެއިން ފެށުން -- ފޮޓޯ: ވޮއިސް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ބޮޑު ވާދަވެރި ކަމެއް އޮންނާނެ ކަމަށް ބެލެވެ އެވެ. މިހާރުވެސް އެ މަގާމަށް ތިން ކެންޑިޑޭޓަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އިއްޔެ ވަނީ އެކަން އިއުލާނު ކުރައްވާފަ އެވެ. އަދި މިއަދު އެ ނިންމެވުންް ރަސްމީ ކުރައްވާ އާންމު މެންބަރުންގެ ތާއީދަށް ވަނީ އެދިވަޑައިގެންފަ އެވެ. އެއާއެކު އަތޮޅުތެރޭގެ ދަތުރުތައް ވަގުތުން ވަނީ ފައްޓަވާފަ އެވެ.

ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ބޭފުޅަކީ މެންބަރު މީކާއީލް ނަސީމެވެ. ވަގުތީ ގޮތުން ޗެއާޕާސަނެއް އިންތިހާބު ކުރުމަށް ކުރެވުނު މަސައްކަތުގައި ވެސް އެ ރޭހަށް ނިކުންނަވަން މީކާއީލް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކަން އޭރު ކާމިޔާބުވާ ގޮތް ނުވީ އެވެ.

އެމްޑީޕީ "ރޫޅާނުލައްވާނެ" ކަމުގެ ވައުދާއެކު މީކާއީލް އިންތިހާބަށް ނިކުންނަވަނީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ވެސް ގޮވާލަމުންނެވެ.

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

އެމްޑީޕީގެ ކުރީގެ ދެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒް އިސްމާއީލް އާއި މާރިޔާ އަހްމަދު ދީދީގެ ތާއީދު އޮތީ ރައީސް ނަޝީދަށެވެ. އެކަން ފައްޔަ އާއި މާރި ވަނީ ހާމަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.