ރައީސް މުޙައްމަދު ނަޝީދު
23 Apr 2026
އަޅުގަނޑުގެ އަމާޒަކީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން: ރައީސް ނަޝީދު
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު އިހަވަންދޫގެ ރައްޔިތުންނާއި އެކު އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
23 Apr 2026
އިތުރު މީހުން ޕާޓީއަށް ވަނުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ވަގުތު ކުޑަކުރުން ވަރަށް ދެރަ: ރައީސް ނަޝީދު
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބަށް ވޯޓުލެވޭނީ ރޭ 12 ގެ ކުރިން ޕާޓީއާށް ވަންނަ މީހުންނަށް ކަމަށް އެމްޑީޕީގެ ވަގުތީ ލީޑަރޝިޕުން އިއުލާން ކުރުމުން، އިއްޔެ ވަނީ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން އެ ޕާޓީއާއި ގުޅިފައެވެ. އެގޮތުން، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އިއްޔެ ވަނީ 10،000 އާއި ގާތް އަދަދަކަށް މީހުން ގުޅިފައެވެ. ނަމަވެސް، އެހާ ކުރު މުއްދަތެއް ދިނުމުން ރައީސް ނަޝީދު ވަނީ، އެއީ ވަރަށް ހިތާމަވެރި އަދި ދެރަ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
21 Apr 2026
މި އޮތީ މީކާއީލްގެ ޓީމް، ސޯލިހާއި ޝާހިދުއާ ފައިސަލްގެ ތާއީދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތާއީދު އޮތް ކަމަށް ވެސް ވިދާޅުވި އެެވެ.
21 Apr 2026
ޕާޓީތައް ގުޅިގެން އިންޑިއާ އާއެކު މަޝްވަރާކުރުމުން ފުރުސަތު ބޮޑުވާނެ“
މިމަހު އިންޑިޔާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމާ ގުޅޭގޮތުން، ހުރިހާ ޕާޓީތައް ގުޅިގެން އިންޑިޔާއާއެކު މަޝްވަރާކޮށްފިނަމަ، އެކަން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Apr 2026
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު: ވާދަވެރިވާނެ، ފޯރިގަދަ ވާނެ
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. ބޮޑެތި ރެލީތަކާއެކު ތާއީދު ހޯދުމަށް ފޯރިގަދަ ކެމްޕެއިނެއް ހުރިހާ ކެންޑިޑޭޓުން ވެސް ހިންގާނެ ކަމަށް ބެލެވެ އެވެ.
19 Apr 2026
ދައުލަތުގެ ވެރިއަކަށް ވާން ބޭނުން: ރައީސް ނަޝީދު
"އަޅުގަނޑު އެދެން ދައުލަތުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް. އަޅުގަނޑު އެދެން އެ މަަސައްކަތް އަޅުގަނޑު ކުރާއިރު ސަރުކާރުގެ ވެރިއަކީ ފައްޔާޒް އިސްމާއީލް ކަމުގައިވުމަށް," ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
19 Apr 2026
ގާނޫނުއަސާސީ އާއި ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅައިފި
މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުށައަޅާ ހުށައަޅަ އެވެ. އެ ހުށައެޅުންތަކުގެ ތަފްސީލް ހާމަކުރަން "ބޮޑު ބަދަލު" ނަމުގައި ދެ ބޭފުޅުން މިއަދު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ.
19 Apr 2026
އެމްޑީީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނަޝީދު ނިންމަވައިފި
އެމަނިކުފާނު އެކަން ހާމަކުރެއްވީ "ބޮޑު ބަދަލު" ނަމުގައި މިއަދު ރައީސް ނަޝީދާއި ފައްޔާޒު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ނަޝީދު ވިދާޅުވީ އެމްޑީީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.