ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން: ފޮޓޯ/ ލޫކަސް ޖަަލީލް
ހަބަރު
01 Jun 2026 | 20:46
އެމްޑީޕީ އާންމު މެންބަރުން އަޅުގަނޑަށް މާފަށް އެދޭކަށް ނުބުނަން، އެދޭކަށް ނުވެސް ޖެހޭ: ނަޝީދު

އެމްޑީޕީގެ އާންމު މެންބަރުން އެ މަނިކުފާނުގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ ކަމަށާއި، އެފަދަ މާނައެއްގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން ހއ. މުރައިދުއަށް ވަޑައިގަތުމުން، އެ ރަށުގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، ނަޝީދު ވިދާޅުވީ އެއްވެސް އާންމު މެންބަރަކު، ނުވަތަ އާންމު މެންބަރުންގެ އެންމެން އެ މަނިކުފާނުގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ނުބުނަން އެކަހަލަ ވާހަކައެއް. އާއްމު މެންބަރުން އަޅުގަނޑުގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ. އެއްވެސް ޖަމާއަތެއްގެ އާއްމު އެންމެން ވަކި ފަރުދަކަށް މާފަށް އެދެން އެއީ ވަރަށް ހުތުރު ވާހަކައެއް. އެބާވަތުގެ ގޮތަކަށް ކަންކަން މާނަކުރެވުނު ނަމަވެސް އަޅުގަނޑު އެ މާނަގައިއެއް ނޫން ބުނީ.،" ނަޝީދު ވިދާޅުވިއެވެ

އެމްޑީޕީއަށް ލިބޭ ކާމިޔާބީތަކުގެ އަސްލަކީ ޕާޓީގެ އާންމު މެންބަރުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީގެ އިންތިޒާމުތައް އެތުރިފައިވަނީ "ތިރިން މައްޗަށް ހިނގާ ގޮތަށް" އާންމު މެންބަރުންގެ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. 

މީގެ އިތުރުން، އެމްޑީޕީ ދޫކޮށްލުމަކީ ހެދުނު ގޯހެއް ކަމަށް އިއުތިރާފުވަމުން ނަޝީދު ވިދާޅުވީ އެކަމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދައިން ކަންކަން ދިމާވަނީ ބައެއް ފަހަރު ތަބީއަތުގައި ހުންނަ ރުންކުރުކަމުގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ. 

އަޅުގަނޑަށްކަންތައްކުރެވުނީ ރަނގަޅަކަށްނޫން. އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެެދެން. ބައެއް ފަހަރަށް އަޅުގަނޑުމެންގެ ބައެއް މީހުންގެ ތަބީޢަތުގައި ހުރޭ ރުންކުރުކަން. އެހެންވީމާ އެކަހަލަ ކަންކަން އަތުން ދޫވެގެން ދަނީ. އެކަމަކު ކެތްތެރިކަމާ ހިކުމަތްތެރިކަން އިސްކުރުން އެއީ ހުރިހާ ބޭފުޅުންވެސް ކަންކުރަންވީ ގޮތަކީ.

ނަޝީދު 

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކެންޕެއިން ތެރެއިން ރ. ދުވާފަރަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީ ދޫކޮށްލެއްވުމުން އެކަމަށް މާފަށް އެދިވަޑައިގަންނަވާފައެވެ.

އަދި އޭރު ކަންކަން ހިނގައި ގޮތަށް އަލިއަޅުވާލައްވަމުން ނަޝީދު ވަނީ،  އެމަނިކުފާނަށް ދެވުނު ބޮމުގެ ހަމަލާގެ ތަހުގީގު އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި އޭގެ ފަހުން ނަޝީދާ އެންމެ އަރިހުގައި ތިއްބެވި މަޖިލިސް މެންބަރުން ވަކިކުރަން އެމްޑީޕީން ނިންމި ކަން ފާހަގަކުރައްވައި ”ތިޔަ ބޭފުޅުން ވެސް އަޅުގަނޑަށް މާފަށް އެދެން ޖެހޭ" ކަމަށް ވަނީ ވިދާޅުވެފައެވެ.

"ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފައި އޮތީމަ ލަދެއް އަޅުގަނޑުގެ ހުރިއްޔާ ދާނެތާ އެ ހިސާބަށް. މި މީހުންނާ އެކު އުޅެނީ، އަޅުގަނޑު ވެސް ގޯސް ކަންތައް ކުރިން، އެކަމަކު ތިޔަ ބޭފުޅުން ވެސް އަޅުގަނޑު އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ