ރައީސް ސޯލިހް އަދި މީކާއީލް
ހަބަރު
21 May 2026 | 00:06
ތާއީދު ކުރަނީ މީކާއީލަށް، މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ސޯލިހް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާ މިއީ އެމްޑީޕީގެ ލީޑާޝިޕުން ޒުވާނުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ އުފަންރަށް -- ޅ. ހިންނަވަރުގައި މިރޭ ބޭއްވީ މީކާއީލްގެ "އިތުބާރު" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ މިއީ އައު ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށާ ޕާޓީގައި 17 ޕަސެންޓް މެންބަރުންނަކީ ޒުވާނުން ކަމަށްވީއިރު މިއީ ޒުވާނުންނަށް އިސްކަން ދޭންވީ ވަގުތު ކަމަށެވެ.

އެހެން ނުވެއްޖެނަމަ މި ގަައުމަށް ދިމާވީ ހާލަތު އެމްޑީޕީއަށް ވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހް ވަނީ މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވީ އެއީ ރައީސް ނަޝީދަށް ދެރަކޮށް ވިދާޅުވާ ވާހަކައެއް ނޫން ކަމަށެވެ. އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ މާ މުހިންމު މަސައްކަތް އެބަހުރި ކަމަށް ވިދާޅުވެ ވަރަށް ތައުރީފު ކުރެއްވި އެވެ.

އަދި އެމަނިކުފާނު ވިދާޅުވި ބަސްފުޅު އޮޅުވާލައްވާ ނުހެއްދެވުމަށާއި ބައިބައިވުމަށް ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެެއްވި އެވެ. ތަކުރާރުކޮށް ވިދާޅުވީ މިއީ އެމްޑީޕީގެ ލީޑާޝިޕަށް އައު ބަޔަކު ގެނެސް ޕާޓީގެ ކުރީގެ އިސް ބޭފުޅުންގެ ތަޖުރިބާއާއެކު ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަންވީ ވަގުތު ކަަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީކީ ރައީސް ނަޝީދު ވާދަކުރަންވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު މި ޤައުމު އިސްލާޙު ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓްގައި އަޅުގަނޑުމެން ތިން ރައީސުން މިފެށި މަސައްކަތުގައި ދެމިހުންނަވަންވީ [ވަގުތު],"

ހިންނަވަރުގައި ހުންނަވާ މީކާއީލް އެންޑޯސްކުރެއްވުން

ރައީސް ސޯލިހް ވިދާޅުވީ ޗެއާޕަސަން އިންތިހާބުގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ މީކާއީލަށް ކަމަށެވެ. އަދި މީކާއީލް އެންޑޯސްކުރެއްވުމަށް އެންމެ މުނާސަބީ ހިންނަވަރުގެ ފަސްގަނޑުގައި ހުންނަވާ ކަމުގައި ވިދާޅުވި އެވެ.

މީކާއީލަށް ތާއީދު ކުރައްވަން ނިންމެވީ ސިޔާސީ ހަޔާތުން ލިބިވަޑައިގެންފައިވާ ތަޖުރިބާއާ އެމްޑީޕީގައި ހޭދަކުރި 21 އަހަރުގެ ލިބިވަޑައިގެންފައިވާ ތަޖުރިބާއިން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ