މަޖިލިސް ކެންޕެއިންގެ ތެރެއިން ރައީސް ޞާލިޙް މީކާއީލްގެ ކެންޕެއިން ޖަގަހަ ހުޅުއްވައިދެއްވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު
15 May 2026 | 23:06
ޗެއާޕާސަން އިންތިޚާބުގައި ތާއީދު ކުރަނީ މީކާއިލްއަށް؛ ނަޝީދު ނުކުންނެވީ މާފަހުން: ޞާލިހް

ކުރިއަށް އޮތް އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އެމަނިކުފާނު ތާއީދު ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އަށް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިން ފޯރީގައި ކުރިއަށްދާއިރު، އެންމެ ވާދަވެރީ މީކާއީލް އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ދެމެދުގައެވެ. 

ރައީސް ޞާލިޙްގެ ފެކްޝަނުގެ ގިނަ ބޭފުޅުން ތިއްބެވީ މީކާއީލް އާއި އެކުގައެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ކޮންބޭފުޅަކާއެކުގައިކަން މިހާތަނަށްވެސް ހާމަކުރައްވާފައި ނުވާއިރު، މިރޭ  ނަޝީދު، ޞާލިޙް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ  އެ އިންތިޚާބުގައި ޞާލިޙްގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޞާލިޙް ވިދާޅުވީ، ޗެއާޕާސަން މަގާމު ހުސްވުމާއެކު އެ މަގާމަށް ވާދަކުރައްވަން މީކާއިލް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށާ، އޭރު އޭނާއަށް ތާއީދު ކުރައްވަން ނިންމެވި ކަމަށެވެ. އަދި ރައީސް ނަޝީދު ވާދަކުރައްވަން ނިންމެވި ނަމަވެސް، އެ ނިންމުން ބަދަލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ރައީސް ނަޝީދު މި އިންތިޚާބަށް ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން. މީކާއިލް ތިން މަސް ކުރިން ނުކުމެއްޖެ. ނުކުތުމާއެކު މީކާއިލްއަށް ތާއީދު ކުރާ ކަމަށް އަޅުގަނޑު އޮންނާނީ ބުނެފައި. އެހިސާބުގައި އެކަން އޮތީ. ރައީސް ނަޝީދު މިހާރު ވާދަކުރައްވާ. އެހެން ނަމަވެސް، އަޅުގަނޑުގެ ތާއީދު އޭރު އޮތް ގޮތަށް އޮތީ. އެއަކަށް އަދި ބަދަލެއް ނާދޭ

ރައީސް ޞާލިޙް

ޗެއާޕާސަން އިންތިޚާބުގައި ޞާލިޙްގެ ތާއީދު މީކާއިލް އަށް އޮތްކަމަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަން ފެށިގެން އައިއިރު އާއި އޭގެ މާކުރިންވެސް ނަޝީދުއަކީ ޞާލިޙްގެ ވަރަށް ގާތް ބޭފުޅެކެވެ. 

ނަމަވެސް ޞާލިޙްގެ ވެރިކަމުގެ ވަކި ހިސާބަކުން އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި، ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން ޕާޓީން ކެންޑިގެން އައު ޕާޓީއެއް އުފައްދައި، ”އިބޫ ނޫން ގޮތެއް“ ހޯދުމަށް ޞާލިޙްގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. 

ޞާލިޙްގެ ވެރިކަން ވެއްޓި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށި ދޮޅު އަހަރުވީއިރު، ނަޝީދުއާއި އެމަނިކުފާނުގެ ފެކްޝަނުގެ ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ. އަދި ޗެއާޕާަސަން ކަމަށް ނަޝީދު ވާދަކުރައްވަން ނިންމަވައި ކެންޕެއިން ކުރައްވަމުންދާއިރު، އަދިވެސް ޕާޓީ އޮތީ ދެކަފިވެފައެވެ. ނަމަވެސް ނަޝީދާއި ޞާލިޙް ވަނީ ކުރިން ކަންކަން ވީގޮތަށް ދެން ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ