މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
ހަބަރު
18 May 2026 | 23:53
ޕީއެންސީ މެންބަރުންގެ ވޯޓާއެކު މި އަހަރު ނިމުމުގެކުރީން ވެރިކަން ބަދަލުކުރާނެ: ނަޝީދު

ޕީއެންސީ މެންބަރުންގެ ވޯޓާއެކު މި އަހަރު ނިމުމުގެކުރީން ވެރިކަން ބަދަލުކުރާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓްގެ މާލޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރީން މިވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އަދި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގޭ މިންވަރަށް މެންބަރުންގެ ސޮއި ހޯއްދަވާނެ ކަމަށެވެ.

"ސޯބެ ހޮވަން މި އުޅެނީ މިވެރިކަން ބަދަލުކުރަން. މި އަހަރު ނިމުމުގެ ކުރީގައި މިވެރިކަން ބަދަލުކުރާން ވެއްޖޭ. ހާސްވެ ނުލައްވާ!! ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު, ތަނަވަސް އަޣްލަބިއްޔަތު, އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް, ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ,"

ރައީސް މުޢިއްޒުވެރިކަން ބަދަލުކުރަން އެމްޑީޕީއާއެކު ކުރީގެ ރައީސް ޔާމީން ވެސް ހުންނެވީ އެކުގައި ކަމަށާ އަދި ޕީއެންސީގެ މަޖިލީސް މެންބަރުން ވެސް ޕާޓީ ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ރައީސަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން [ޕީއެންސީގެ މަޖިލީސް މެންބަރުން] ސޮއިކުރައްވާނެ," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ފުރަތަމަ ސޮއިކުރައްވާނީ ސޯބެ ކަމަށެވެ. އަދި ވިދާޅުވީ އެފްރިކާގައި ހުންނަވާފައި ވަޑައިގެންނެވީ ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

އެކަންކަން ކުރައްވާނެ ކަމަށާ އެއީ ސަމާސާއެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަމާ މިއުޅެނީ ކުޑަކޮށެެއް ނޫން, ސަމާސާ ކޮނެއް ނޫން, މަޖަލަކަށްވެސް ނޫން," މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.