ސްޓެލްކޯ
06 Jun 2024
ގަސް އިންދުމާ، ގަސްތައް ބެލެހެއްޓުމަށް، ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް'
ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ބަހައްޓަން ނިންމަވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
03 Jun 2024
ކަރަންޓު ބިލުތަކާއި ގުޅިގެން މިހާތަނަށް ސްޓެލްކޯއަށް 6،794 ޝަކުވާ!
ކަރަންޓު ބިލުތަކާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ސްޓެލްކޯއިން ހުޅުވާލުމާއި އެކު، މިހާތަނަށް އެކަމާއި ގުޅޭ 6،794 ޝަކުވާ ލިބިފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
01 Jun 2024
ކަރަންޓްބިލާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އެދެފި
ކަރަންޓު ބިލުތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އެދެފިއެވެ.
14 May 2024
ސްޓެލްކޯއިން އދ.ފެންފުށި އިންޖީނުގޭގެ ޕެނަލްބޯޑު އަޕްގްރޭޑުކޮށްފި
މިއަދު ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި އަދ. ފެންފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް، އިންޖީނުގޭގެ ޕެނަލް ބޯޑު އަޕްގްރޭޑްކޮށް މިހާރު ވަނީ ބޭނުން ކުރަންފަށާފައެވެ. އަދި، މިއާއެކު، ފެންފުށީގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވި، އެކަމުގެ ފަސޭހަތައް ފެންފުށީ ރައްޔިތުންނަށް ލިބެމުން ދާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
08 May 2024
މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ
މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
05 May 2024
އިންޖިނިއަރިން އަށް ކުޑަކުދިން ޝައުގުވެރިކުރުވަން، ސްޓެލްކޯއިން ޚާއްސަ ހަރަކާތެއް ބާއްވަނީ
މި އަހަރުގެ ކުދަކުދިންގެ ދުވަސް ފާހަގަ ކުރުމަށް، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މޭ މަހުގެ 10 ވަނަ ދުވަހު، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
04 May 2024
ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްޑީ ފަހުމީ
ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން ދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މިރޭ ހުސައިން ފަހުމީ އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް ޢާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ތަންފީޒުކޮށްފައި ކަމަށެވެ.
02 May 2024
ރަމަޟާން މަހުގެ ޑިސްކައުންޓް ދޭނަން: އެމްޑީ ފަހުމީ
މިއަދު ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ⁦‪ޑރ. މުޙައްމަދު މުޢިއްޒު‬⁩ ގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށެވެ.