ސްޓެލްކޯ
01 May 2024
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް ދުރަށް ބަދަލު ނުކޮށް ހުރީ ބިން ނެތުމުން ކަމަށެވެ.
29 Apr 2024
އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފި
އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފިއެވެ. މިއަދު ސްޓެލްކޯ އިން ވިދާޅުވީ ދއ. މަހިބަދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށުގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާޢިމުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަހިބަދޫގެ ކަރަންޓު ވިއުގަ ކުރިން ހުރި ލޯ-ވޯލްޓޭޖު ނެޓްވޯކުން މިހާރު ވަނީ މީޑިއަމް-ވޯލްޓޭޖު ނެޓްވޯކަކަށް ބަދަލުކުރެވިފައިކަމަށެވެ.
28 Apr 2024
ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑެއް ނުވާނެ: ފަހުމީ
ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
28 Apr 2024
މި މަހު ކަރަންޓު ބިލުތައް ބޮޑީ ރާއްޖޭގައި އެކަންޏެއް ނޫން: ސްޓެލްކޯ
މި މަހު ކަރަންޓު ބިލުތައް ބޮޑީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
23 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (24 އޭޕްރިލް) ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ.
18 Apr 2024
ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސްޓެލްކޯގެ ޓީމް ކުޅުދުއްފުށީގައި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
15 Apr 2024
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށްފި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ.
31 Mar 2024
މަރޗް މަހުގެ ފެނާއި ކަރަންޓު ބިލަށް "ރަމަޟާންމަހުގެ ޑިސްކައުންޓް"
މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ނިންމަވާފައިވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.
29 Mar 2024
ސްޓެލްކޯއިން ދޭ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފި
ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުުމްރާގެ އަޅުކަން އަދާކުރުމަށް ދިޔުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ.
29 Mar 2024
ކޭބަލް ވިއުގައިގެ މަތީގައި އިޝްތިހާރު ބޯޑު ހަރުކުރާތީ އެމްޑީގެ ކަންބޮޑުވުން
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ޖަހަމުންދާތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.