ލަންކާގެ ކަޖީމައްވައްޓަގައި ހިނގި އަލިފާނުގެ ހާދިސާގައި ގެތަށް އަދާ ހުލިވެފައި
ލަންކާގެ ކަޖީމައްވައްޓަގައި ހިނގި އަލިފާނުގެ ހާދިސާގައި ގެތަށް އަދާ ހުލިވެފައި
ދުނިޔެ 29 Sep 2022 | 09:10

އަލިފާނުގެ ހާދިސާއެއްގައި ލަންކާގެ 80 އަށްވުރެ ގިނަ އާއިލާއަށް އަސަރުކޮށްފި

ލަންކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 80އެއްހާ އާއިލާއަށް އަސަރުކޮށް, ފަގީރުން ދިރިއުޅޭ ސަރަހައްދުން 60 އަަށް ވުރެ ގިނަ ގެ އަނދާ ހުލިވެއްޖެއެވެ.

އަލިފާން ރޯވީ ތޮޓަލަންގަ ގްރޭންޑްޕާސްގައި ހުންނަ ކަޖީމަވައްތަ ފްލެޓުތަކުގަ އެވެ. އަސަރު ކުރި އާއިލާތަކުގެ 220 މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި 220 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާއިރު ބައެއް މީހުން ކޮމިއުނިޓީ ހޯލްތަކަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިހާރު ވަނީ އޮތޯރިޓީތަކަށް އަންގަވާފައެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމެއް މިހާތަނަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ