ސަޢުދީގައި ހަނދު ބެލުން
ސަޢުދީގައި ހަނދު ބެލުން
ދުނިޔެ 10 Mar 2024 | 15:37

ސައުދީ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ!

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާޢުދީ އަރަބިއްޔާ އަށް ފެނި، މާދަމާ އަކީ، އެ ގައުމަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފި އެވެ.

ސަޢުދީ ސަރުކާރުން، ދާދި ދެންމެ އަކު ވަނީ، މާދަމާ އަކީ އެގައުމަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަން އިއުލާން ކޮށް، މިރޭ މަސްޖިދުލް ޙަރަމް އަދި މަސްޖިދުއްނަބަވީގައި ތަރާވީހު ނަމާދު ކުރާނެކަން ހާމަކޮށްފައެވެ.

ސަޢުދީއަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާއިރު ދުނިޔޭގެ ބައެއް ގައުމުތަކަށް ހަނދު ނުފެނި ރަމަޟާން މަހުގެ އެއްވަން ދުވަހަކީ އަންގާރަ ދުވަސް ކަމުގައި މިރޭ ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން، ފިލިޕިންސް، ސިންގަޕޫރު، އިންޑޮނޭޝިޔާ، މެލޭޝިޔާ، އަދި ބުރޫނާއީ އަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަން ވަނީ އިއުލާން ކޮށްފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުން ހަނދު ބެލުމާއި ހަނދާއި ބެހޭ ރަސްމީ ޤަރާރު އިއްވުމަށް ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގައެވެ.

ކަލަންޑަރުގައިވާ ގޮތުން ރާއްޖެއަށް މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.