06 Oct 2024
ބަންކަރިން ޚިދުމަތް ހޯދާ ބޯޓުތަކުގެ ކުނި މެނޭޖް ކުރަން ވެމްކޯއަށް
އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
13 Aug 2024
މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެ
މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުންދާ ކުނީގެ ޚިދުމަތަށް ބުރޫ ނާރާނެހެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި މަގުމައްޗަށް ކުނި ނުނެރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
06 Jul 2024
އެފްއޭމް އިން ވެމްކޯއަށް 39،000 ރުފިޔާ ދައްކަން ހުކުމެއް
ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 39،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
06 Jul 2024
ވެމްކޯއިން ފޮޅާ ސާފު ކުރުމުގެ ޚިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
08 Jun 2024
ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅިގެން މާލެ ދެކުނު ފަރާތު ފަޅުތެރެ ސާފުކޮށްފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ދެކުނު ފަރާތުގެ ފަޅުތެރެ ސާފުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި މަސްވެރި ވުޒާރާ އަދި ވެމްކޯ ގުޅިގެންނެވެ.
16 May 2024
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަން ނަގާ ފީ ކަނޑާލައިފި
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ ގޭޓު ފީ ކަނޑާލައިފި އެވެ.
06 May 2024
3 ދުވަސް ތެރޭ މާލޭ އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައިފި
ވެމްކޯއިން މިއަދު އެކސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ އިންޑަސްޓރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރެއިން މިހާތަނަށް 928 ޓަނުގެ ކުނިނަގާފައިވާކަމަށްވެސް ވެމްކޯގެ ޕޯސްޓުގައި ވެއެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަން ހާމަކުރައްވާ، މިހާތަނަށް ސާފުކުރެވުނު ސަރަހައްދުގެ ވީޑިއޯއެއް ވެމްކޯއިން ވަނީ ޢާންމުކޮށްފައެވެ.
05 May 2024
އިންޑަސްޓްރިއަލް ވިލެޖަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނީ
މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ އިލްތިމާޒު ކުރައްވާފައެވެ.