30 Jul 2020 | 15:26
ތަފާތު މަންޒަރެއް! އަންހެނުން ތަވާފްކުރުމަށް ކުރީސަފަށް!

ނުރައްކާތެރި ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފަށާފައިވާއިރު، އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ސައުދީން ހައްޖުގެ އިންތިޒާމްތައް ރާވާފައިވަނީވެސް ރައްކާތެރި ފިޔަވަޅުތަކާއިއެކުއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަންފެށިފައިވާ އިރު މީގެ ކުރިން ފެނިފައިނުވާ ތަފާތު އެތައްކަމެއް ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ ޙައްޖާޖީންމެވެ. އެހެން އަހަރުތަކުގައި ފަސް މިލިއަނެއްހާ މީހުން ޙައްޖުގެ އަޅުކަން އަދާކުރެއެވެ.

ކޮވިޑާއި ގުޅިގެން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރީ ހަމައެކަނި ސައުދީ އަރަބިއާގައި ދިރިއުޅޭ ބައެއް މީހުންނެވެ. އެމީހުންގެ ތެރޭގައި އެޤައުމުގެ މީހުންނާއި އެހެން ޤައުމުގެ މީހުން ވެސް ހިމެނެއެވެ.

ހައްޖުގެ އަޅުކަމުގައި މީގެކުރިން ފިތިބާރުވެގެން ކައިރިކައިން ކުރަމުން އައި ތަވާފް މިފަހަރު ކުރާތަން ފެންނަނީ ވަރަށް ތަރުތީބުކުރެވިފައިވާގޮތަކަށެވެ. އެގޮތުން ޙައްޖާޖީން ތިބެން ޖެހެނީ، ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅައިގެންނެވެ.

ގިނަބަޔެއްގެ ސަމާލުކަން މީގެތެރެއިން ލިބިފައިވަނީ އަންހެނުން ކުރީ ސަފުގައި ތަވާފުކުރާކުރުމަށްކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ބެހޭގޮތުން ހައްޖު ގްރޫޕްގެ އޮފިޝަލްއެއް "ވޮއިސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ތަވާފްކުރުމުގައި އިސްކަން ދެވިފައިވަނީ އަންހެނުންނާއި، ބަލި އަދި ކުޅެދުންތެރިކަން ހުރި މިންވަރަށް ބަލާފައެވެ.

ކައުބަތުﷲ ގެފުޅުވަށައި ތަވާފްކުރާ ތަރުތީބަށް ބަލާއިރު ކުރީ ސަފުގައި ތަވާފްކުރާ ފަރާތްތައް ހިންގަންޖެހޭ ވަރާއި ތަވާފްކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

މިއީ އިސްލާމްދީންގައި އަންހެނުންނާއި މުސްކުޅިންނަށް ދެވިފައިވާ އަހައްމިއްޔަތު ހާމަވާކަމެއްކަން ފާހަގަކޮށްލެވެއެވެ.

ސަޢުދީ ޢަރަބިއްޔާއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދެއްވާފައިވާ 1000 ފަރާތުގެ ތެރޭގައި 6 ދިވެއްސެއް ހިމެނޭކަމަށް ދިވެހި ޙާޖީއެއް މަޢުލޫމާތު ދެއްވައިފިއެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.