ރާއްޖެއާ އެންމެ އަވައްޓެރި ދެ ޤައުމުގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ.މުއިއްޒު.. ފޮޓޯ: ވޮއިސް ގްރެފިކްސް
ހަބަރު
02 Aug 2025 | 11:11
ފެނިގެން މިދިޔައީ އަވައްޓެރި ޤައުމުތަކުންވެސް ދިވެހިންގެ މިނިވަންކަމަށް އިހްތިރާމްކުރި މަންޒަރު: މަތީން

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމާ ގުޅިގެން ރައްޖެއާ އެންމެ އަވައްޓެރި ޤައުމުތަކުގެ ވެރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ފެނިގެންދިޔައީ އެޤައުމުތަކުންވެސް ދިވެހިންގެ މިނިވަންކަމަށް އިހްތިރާމްކުރި މަންޒަރުކަމަށް އެމްޑަބްލިއުއެސްސީގެ މެެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވިއިރު، އަވައްޓެރި ސްރީލަންކާގެ ރައީސް ވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ރައްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ފެންކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުލް މަތީން ވިދާޅުވީ ރާއްޖެއާ އެންމެ ގާތް ދެޤައުމުގެ ވެރިން ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ ލިބިގެންދިޔަ ވަރަށްބޮޑު ކާމިޔާބެއްކަމަށާއި، ފެނިގެން މިދިޔައީ ދިވެހިންގެ މިނިވަންކަމަށް އިހްތިރާމްކޮށް ދިވެހިްނގެ މިނިވަންކަމުގެ އުފަލުގައި އެޤައުމުތަކުންވެސް ބައިވެރިވިތަން ކަމަށެވެ. 

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މަތީން ވިދާޅުވީ އިންޑިއާ އަދި ލަންކާގެ ވެރިން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުތަކާއެކު ދިވެހިންނަށް ލާބަހުރި އެކިއެކި އެއްބަސްވުންތައް ގާއިމްކުރެވިގެން ދިޔަކަމަށެވެ.

ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ހިފަހައްޓައިގެން އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެއް

މަތީން ވިދާޅުވިއެވެ

ގުދުރަތީގޮތުން ލިބިފައިވާ ވަސީލަތްތަކަށް ބަލާއިރު އެއްވެސް ޤައުމަކީ ހުރިހާ އެއްޗެއް އުފައްދާ އަދި ހުރިހާ ހިދުމަތްތަކެއް ދޭ ޤައުމެއް ނޫންކަން ފާހަގަކުރަމުން މަތީން ވިދާޅުވީ، އެކި ޤައުމުތަކުގައި އޮންނަކީ އެކި ތަނަވަސްކަންކަމަށެވެ. އެހެންކަމުން އޮންނަ ހަމަތަކުގެ މަތިން ޤައުމުތަކުގެ މެދުގައި ފުރުސަތުތައް ހުޅުވާލައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަންކަން ކުރަމުން އައުމަކީ އެންމެކުރިން ފެށިގެން މިކަމުގައި އަމަލުކުރަމުން އަންނަގޮތްކަމަށް މަތީން ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ގެ ދަތުރުފުޅުގެ ތެރެއިން.. ފޮޓޯ؛ ރައީސް އޮފީސް

މަތީން ވިދާޅުވީ އަވައްޓެރިކަމުގެ މިންގަނޑުތައް ދެނެގަނެ އެއްގައުމު އަނެއްގައުމަށް އިހުތިރާމްކޮށްގެން ކުރިއަށްދިއުމުން އެކަމުގެ މަންފާ ޤައުމާއި ރައްޔިތުންނަށް ކުރާނޭކަމަށާއި، ރައީސް ޑރ.މުއިއްޒު ސަރުކާރުގެ ހާރިޖީ ސިޔާސަތު މިއަދު ބައްޓަންކޮށްފައި އެގޮތުގައިކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުން ވަނީ ރާއްޖެއަށް ސިއްހީދައިރާގެ އިތުރުން މާލީ އަދި ވިޔަފާރީގެ ގޮތުން އެހީތައް ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި ހަމަ އެހެންމެ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ކުރެއްވި ޒިޔާރަތުގައި ވަނީ ދެޤައުމުގެ ދެމެދުގައި މުހިއްމު ކަންކަމުގައި އެއްބާރުލުންދިނުމަށް އެކި ދައިރާތަކުން އެއްބަސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.