ސިވިލްކޯޓް ހިންގާ އިމާރާތް
ހަބަރު
02 Aug 2025 | 09:04
މޮރިޝަސް ކޮމާޝަލް ބޭންކުން ނެގި ލޯނެއް ދެއްކުމަށް ޖާހުގެ މައްޗަށް ހުކުމެއް

މޮރިޝަސް ކޮމާޝަލް ބޭންކުން ނަގާފައިވާ ލޯނަކަށް 40 ހާހަށްވުރެ ގިނަ ޑޮލަރު ދެއްކުމަށް ޖާހް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މި ހުކުމް ކޮށްފައިވަނީ މޮރިޝަލް ކޮމާޝަލް ބޭންކުން ޖާހް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ކުރުމުއްދަތުގެ ލޯނެއް، އަނބުރާ ދެއްކުމުގެ މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް އެފައިސާ ނުދެއްކުމުންނެވެ.

އެމްސީބީން ޖާހްގެ މައްޗަށް ކުރި ދައުވާގައި އެދިފައިވަނީ، 2021 ވަނަ އަހަރު ޖާހް ކުންފުނިން ނަގާފައިވާ ލޯނަށް މިހާތަނަށް ދައްކަންޖެހޭ 43،101.68 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ކުރަންޖެހުނު 25،951.67 ރުފިޔާގެ އިތުރުން ލޯނު ނުދައްކައިފިނަމަ، ލޯން އެގްރީމަންޓްގެ ދަށުން މޯގޭޖް ކޮށްފައިވާ އެންމެހާ ރަހުނުތަކުގެ ހައްގު ހޯދުމަށެވެ. ޖާހް ކުންފުނިން ވަނީ ލޯނު ރަހުނުގެ ގޮތުގައި ބައެއް ގޯތިތައް ހިމަނާފައެވެ.

ސިވިލްކޯޓުން މި މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ވަނީ އެއްމަސްދުވަހުގެ ތެރޭގައި ލޯނަށްވާ އަދަދާއި ޝަރީއަތުގެ ހަރަދުތައް ދެއްކުމަށް އަމުރުކޮށްފައެވެ. ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ޖާހް ކުންފުންޏާއި ގެރެންޓީދިން ފަރާތްތަކުގެ ޢައިރު ހާޒިރުގައެވެ.

ޖާހް ކުންފުނީގެ މައްޗަށް އެމްސީބީއަށް ޖުމްލަ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މިދިޔަމަހުގެ ތެރޭގައި ޖާހްގެ މައްޗަށް ބޭންކް އޮފް ސިލޯނުން ނެގި އޯވަރޑްރާފްޓަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. 

ޖާހްގެ މައްޗަށް ދެ ބޭންކަކަށް ފައިސާ ދެއްކުމުގެ ހުކުމެއް އައިސްފައިވާއިރު، އެކުންފުނީގެ ހިއްސާދާރުން ހިމެނޭ ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ "ދަ ގާޑަންސް" ޕްރޮޖެކްޓްވެސް ވަނީ އެހެންބަޔަކާ ހަވާލުކޮށްފައެވެ. އެޗްޑީސީން ދަ ގާޑަންސް ޓަވަރު ޖާހް އިންވެސްޓްމަންޓު އަތުން ނަގާފައިވަނީ އެތައް ތާރީހުތަކެއް ދިނުމަށްފަހުވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުންނެވެ. ދަ ގާޑަންސް ޓަވަރު ނިންމަން ހަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.