ޝާހިދާ ހަންގޭރީގެ ބޮޑުވަޒީރު... ފޮޓޯ: ޝާހިދު
ހަބަރު
02 Aug 2025 | 09:32
ހަންގޭރީގެ ޚާރިޖީ ވަޒީރާއި ޝާހިދު ބައްދަލުކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިހާޓޯއާއި ބައްދަލުކުރައްވައިފިއެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭ ގޮތުންނާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އެކި ފަހަރުމަތިން ހަންގޭރީގެ ޚާރިޖީ ވަޒީރާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު، ސިހާޓޯ ވަނީ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި ހަންގޭރީއާއެކު ކުރެވުނު މަޝްވަރާތަކުން ހަންގޭރީއިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައެެވެ. އަދި 2022 ވަނަ އަހަރު ޝާހިދުގެ ދައުވަތަކަށް ސިހާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، މި އެއްބަސްވުން އައުކުރެވި، ކޮންމެ އަހަރަކު ދޭ ސްކޮލަރޝިޕްތަކުގެ އަދަދު 25 އަށް ވަނީ އިތުރުކޮށްފައެވެ. މި ސްކޮލަރޝިޕް ސްކީމްގެ ދަށުން މިހާރުވެސް ހަންގޭރީއަށް ދަރިވަރުން ކިޔަވަންދެއެވެ.

ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް ދިމާވެފައިވާ ހަނގުރާމައިގެ ހާލަތްތަކާއި ބެހޭ ގޮތުންނާއި، ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރިއެއްގެ ދައުރާއި ބެހޭ ގޮތުން އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުއާއި މަޝްވަރާކުރެއްވިކަމަށް ސިހާޓޯ އެކްސް ގައި ޕޯސްޓްކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.