Advertisement

ފުލުހުންގެ ލޯންޗު ރޯކޮށްލުމުގެ ކުށުގެ ދައުވާ ސަލްޓަންފާކް ބޮމުގެ މައްސަލާގައި ހިމެނޭ ބައެއްގެ މައްޗަށް

30 Jul 2020 | 15:18

22 މާޗްވީ ދުވަހުގެ ރޭ ލ.ގަން ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ލ.ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސް އަދި އަދި ހަމަ އެ ރަށުގެ ލަވްސައިޑް، އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެމީހުންނަކީވެސް 2007 ވަނަ އަހަރުގެ ތެރޭގައި ސަލްޓަން ޕާކްގައި އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ހިމެނިފައިވާ ދެމީހުންނެވެ.

މޫސާ އިނާސްގެ މައްޗަށް ފުލުހުންގެ ލޯންޗްގައި ރޯކޮށްލި މައްސަލައިގައި ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16-1 ވަނަ މާއްދާގެ ހގެ 5 ވަނަ ނަންބަރާއި ހަވާލާދީ، އެ މާއްދާގެ ނގެ ދަށުން، ޓެރަރިސްޓް ޖަމާއަތަށް ތާއިދުކުރާ މީހެއްކަމަށް ދޭހަވާ ލިޔުމެއް ނުވަތަ ފޮޓޯއެއް ނުވަތަ ކުރެހުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި އިނާސް ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރިއިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހްލީލްކުރިއިރު، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓާއި އަލްގައިދާއަށް ތާއިދުކުރާކަން ދޭހަވާ ލިޔުންތަކާއި ވީޑިޔޯތައް ފެނިފައިވާތީއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 3 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާމީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާ ދިރިއުޅޭ ތަން ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ފެނުނު ހާޑްޑިސްކެއް ތަޙްލީލްކުރިއިރު ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޖަބްޙަތުއް ނުޞްރާއާއި އަލް ޤައިދާއަށް ތާޢީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވެއެވެ.

މިކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް