30 Jul 2020 | 23:29
އޮގަސްޓް މަހު ދުވާލަކު 170 މީހަކު ޕޮޒިޓިވްވެދާނެކަމަށް ލަފާކޮށްފި

ދިވެހިރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން އޮތް މިންވަރު އިތުރަށް ގޯސްވެ، އޮގަސްޓް މަހުގެ ތެރޭގައި ދުވާލަކު 170 މީހުން ޕޮޒިޓިވްވުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ލަފާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޝީނާ މޫސާއެވެ. މި ބައްދަލުވުމުގައި ޑރ.ޝިނާ ވަނީ އެކަމަނާއާއި ޓީމުން ތައްޔާރުކުރި ދިވެހިރާއްޖޭގެ ކޮވިޑް-19ގެ އައު ޕްރޮޖެކްޝަންތަކުގެ ތަފްސީލްތައް ހާމަކޮށްފައެވެ.

ޑރ.ޝީނާ ވިދާޅުވީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 13784 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ފުރުސަތު އެބައޮތެވެ. މީގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ މިފެށޭ އޯގަސްޓް މަހުގެ ތެރޭގައެވެ.

އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 170 މީހުން ޕޮޒިޓިވްވެދާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. މިމަހުގެ ތެރޭގައި ޖުމްލަ 2373 މީހުންނަށް ބަލި ޖެހިދާނެކަމަށް ޑރ.ޝީނާ ވަނީ ވިދާޅުވެފައެވެ. އަދި ދުވާލަކު އެވްރެޖްކޮށް 16 މީހަކު އެނދުމަތިކުރެވޭނެއިރު، މި އަދަދު ޖުމްލަކޮށް 475 އަށް އަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އޮގަސްޓް މަހު 47 މީހަކު އައިސީޔުގައި އޮތުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ޑރ.ޝީނާ ވަނީ ވިދާޅުވެފައެވެ.

ޑރ.ޝީނާ ފާހަގަކުރެއްވި ގޮތުގައި މާސްކް އެޅުން މަޖުބޫރު ކުރެވުނަސް، އޭގެ އަސަރު މިހާރުން މިހާރަށް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަނާ ވިދާޅުވީ އެކަމުގެ އަސަރު ފެންނާނީ އޮގަސްޓް މަހުގެ ފަހުކޮޅުގައި ކަމަށާއި، އެހެންކަމުން ކޮންމެ ފަރާތްތަކުންވެސް ބައްދަލުވާ ފަރާތްތަކުގެ އަަދަދު މަދުކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ފޮޓޯ: ފެންވަރު އޮންލައިން

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.