01 Aug 2020 | 14:12
ކަސްރަތު ކުރާ ވަގުތުގައި މާސްކް އަޅަން ނުޖެހޭނެ!

މި ދުވަަސްވަރު މާލޭގެ މަގުމަތީގައި އުޅޭ ފަރާތްތަކުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ކަސްރަތުކުރާ ވަގުތުގައި އެކަން ކުރަން ނުޖެހޭނެކަމަށް ބުނެފިއެވެ.

މިގޮތަށް ހާމަކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި ލިޔުމެއްގައެވެ.

އެގޮތުން 1 އޮގަސްޓް ވީ ދުވަހުން ފެށިގެން ވަކި ދުވަހެއް އަންގަންދެން ގެއިން ބޭރުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކް އެޅުން ވަނީ ލާޒިމްކޮށްފައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިކަން އިސްތިސްނާވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަ ކުދިން، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު އަދި އަމިއްލައަށް މާސްކް އަޅައި ނުބޭލޭ ހާލަތުގައި ތިބި މީހުންނެވެ. މި ހާލަތްތަކުގެ އިތުރުން ޑީޖީ މައިމޫނާ ކަނޑައަޅާ އެހެނިހެން ހާލަތްތަކުގައިވެސް މާސްކް އެޅުމުން އިސްތިސްނާވާނެއެވެ.

އެންމެ ފަހުން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިރެއިން ފެށިގެންވެސް މަގުމަތީގައި މާސްކް އެޅުމަކީ މަޖުބޫރު ކަމަކަށް ވާނެކަމަށެވެ.

ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅައި މަގުމަތީގައި އުޅޭ ފަރާތްތަކުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިކަން ތަންފީޒުކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާނެކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ