06 Aug 2020 | 15:36
ޓޫރިޒަމް މިނިސްޓަރކަމަށް ޑރ.މައުސޫމް އައްޔަންކޮށްފި

ހުސްވެފައިވާ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމަށް ޑރ.އަބްދުﷲ  މައުސޫމް އައްޔަންކުރައްވައިފިއެވެ.

ޑރ.މައުސޫމް މި މަގާމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެރުވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށްދެއްވާފައެވެ. އެބޭފުޅާ މިހާތަނަށް ހުންނެވީ ދިވެހިރާއްޖޭގެ ފަރާތުން ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

ޑރ.މައުސޫމަކީ މީގެ ކުރިންވެސް ޓޫރިޒަމް މިނިސްޓަރކަމާއި އެންވަޔަރމެންޓް މިނިސްޓަރކަމުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ. އެބޭފުޅާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމުން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރޮނގުން ޑޮކްރޭޓް އޮފް ފިލޮސޯފީ ހާސިލްކުރައްވާފައެވެ. އަދި މީގެ ކުރިން ޑރ.މައުސޫމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައިވަނީ އެމަގާމު ހުސްކޮށް އޮންނަތާ މަހެއްވީ ފަހުންނެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ދުރުކުރެވުނީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުހުމަތުތަކަކާއި ގުޅިގެންނެވެ.

އެއާއި އެކު މިއަދާއި ހަމައަށް އެ މިނިސްޓްރީ ބަލަހައްޓަވަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ