02 Oct 2020 | 06:42
ލިވަޕޫލް ކަޓުވާލުމަށްފަހު އާސެނަލް ކުއާޓާއަށް

ކަރަބާއޯ ކަޕްގައި ލިވަޕޫލް އަދި އާސެނަލް ވާދަކުރި މެޗް އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ޕެނަލްޓީ އިން ނަތީޖާ ނެރެން ޖެހުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއެވެ. ދެޓީމުންވެސް ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު މި މެޗުގައި އެއްވެސް ޓީމަކަށް އެޓީމުގެ އަސްލު ކުޅުން ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ޕެނަލްޓީން އާސެނަލް ކުރި ހޯދީ 5-4 ކުންނެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ މެނޭޖަރ ކްލޮޕް ބުނީ މިއީ 90 މިނެޓް ތެރޭ ލިވަޕޫލްއިން ނަތީޖާ ނެރެން ޖެހޭ މެޗެއް ކަމަށެވެ. ޓީމުގެ ކުޅުމައި ދޭތެރޭ ހިތްހަމަނުޖެހެއެކޭ ނުބުނާން ކަމަށައި ޕެނަލްޓީ ޖެހުމަކީ ފާޑެއްގެ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުެނެފައެވެ.

ލީގުގައި މިދެޓީމް އެންމެ ފަހުން ބައްދަލުކުރި މެޗު 3-1 ކުން ލިވަޕޫލް ކާމިޔާބު ކުރިއިރު ރޭ ލިވަޕޫލްގެ މައްޗަށް ކުރި ލިބުމުން ހިތްހަމަޖެހިފައިހުރި އާސެނަލްގެ ހެޑް ކޯޗް އާޓޭޓާ ބުނީ އާސެނަލް ދެއްކި ކުޅުމާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމުގައެވެ. އޭގެ އިތުރުން އޭނާވަނީ އެޓީމުގެ ކީޕަރު މި މެޗުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފު ކޮށްފައެވެ.

ލިވަޕޫލްއަކީ މޮޅު ޓީމެއްކަން ފާހަގަކުރަމުން އާޓޭޓާ ބުނީ އާސެނަލްގެ އަމާޒަކީ ދުރުނޫން މުސްތަގުބަލެއްގައި އެ ފެންވަރަށް ވާސިލުވުން ކަމަށްވެސް އޭނާ ވަނީ ބުެނެފައެވެ.  

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލް ވާދަކުރަން ހަމަޖެހިފައިވަނީ މެންޗެސްޓާ ސިޓީއާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.