އިތުރު 35 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ!

12 Oct 2020 | 11:02

ރާއްޖެއިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މިބައްޔަށް 35 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 8 ބިދޭސީންނެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 10،894 އަރާފައެވެ.މީގެ ތެރެއިން 368 މީހުންނަށް އައިސޮލޭޝަންގައި ފަރުވާ ދެމުން އަންނައިރު 72 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9،742 އަށް އަރާފައެވެ.

މިބަލީގައި މިހާތަނަށް 35 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް