ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ
ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ވަނީ ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 ވެސް މިހާރުވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ޖޫން 2019 ގައެވެ.
މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިންމާ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްއާއި ރައްޔިތުންގެ ވެސް ހިޔާލާއި މަޝްވަރާއާއި އެކީގައި ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް