17 Oct 2020 | 18:32
ތިބާއަށްޓަކައި އަދަދުތައް ތިރި ކުރާނީ އަހަރެން!

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ކޮވިޑް-19ގެ ދެ ވަނަ ރާޅު ބޯމަތިވެ، އަނެއްކާވެސް ނަމްބަރުތައް އުފުލިގެން ދިއުމާ އެކު، އެޗްޕީއޭ އިން ފިޔަވަޅުތައް އަޅައި އާންމުންނަށް ނަސޭހަތްތެރިވީ އަލުން ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވެވެން އޮތީ ކޮންމެ މީހެއް ވެސް އަމިއްލަ ޒިންމާއެއް އޮތްކަން ދެކިގެން ކޮވިޑް-19 އިން ރައްކާތެރިވެ ހުރެގެން ކަމެވެ.

އެންމެ ފަހުން ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު ނަމްބަރުތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. މިއީ އަނެއްކާވެސް، ކޮވިޑް ހުއްޓުވުމުގައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހާ ކަމުގެ ހެއްކެކެވެ. މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވާ ގޮތުގައި އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ މަހު ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ހޯދުނެވެ. އެއީ ހަގީގަތުގައި، އެޅި ފިޔަވަޅުތަކުގެ މުހިއްމުކަން ދަނެގެން އާންމުން އެއާ އެއްގޮތަށް އަމަލުކުރުމުގެ ނަތީޖާ އެވެ.


އެއްބައިވަންތަކަމުގެ ނަމޫނާ ދައްކަން ޖެހޭ

ގައުމީ ރޫހުގައި އެއްބައިވަންތަކަން ދައްކަން ޖެހޭ ވަގުތުތަކުގައި މީގެ ކުރިން ވެސް ދިވެހި ރައްޔިތުން ވަނީ ނަމޫނާ ދައްކާފަ އެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ކޮވިޑް-19 އިން އަވަހަށް ސަލާމަތްވެވުނު ކޮންމެ ގައުމެއްގައި ވެސް އެކަން ހާސިލްކުރެވިފައި އޮތީ، އެއް ރޫހެއްގައި، އެކަތިގަނޑެއްގެ ގޮތުގައި އެންމެން މަސައްކަތްކޮށްގެންނެވެ. ރާއްޖެ އަށް ވެސް އޮތީ އެ ގޮތެވެ. ވަކިވެނުގަނެ، އެއް މިސްރާބެއްގައި ތިބެގެން ކޮވިޑް-19ގެ ދެ ރާޅާ ދިވެހިން ކުރިމަތިލައިފި އެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ދެ ފަހަރެއްގެ މަތިން ހޯދައިފި އެވެ. އެކަމަކު، މި ހިސާބުން އަދި ނުނިމެ އެވެ. މި ވައިރަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދޭ ވެކްސިނެއް ލިބެންދެން އޮތީ ފަރުވާތެރިވެގެން، ސިއްހީ ރައްކާތެރިކަމާއި އެންމެންގެ ސަލާމަތަށް ވިސްނައިގެން އުޅުމެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް-19ގެ އިތުރު ރާޅެއް ނައިސްފި ނަމަ، އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅު މަސް ފަހުން ކަމަށެވެ. ހަގީގަތުގައި މިއީ އަހަރެމެން އެންމެން ކުރަމުން އައި މަސައްކަތުން އާދެވިފައިވާ ހިސާބެކެވެ. އެކަމަކު، މި ހިސާބުން ވެސް، އެކަކު އަނެކަކަށް އެހީތެރިވުމާއި ބަލިން ރައްކާތެރިވުމުގައި ފަރުވާކުޑަކޮށްލައިފި ނަމަ، އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދިއުމުގެ ބިރު ބޮޑެވެ.

ކޮވިޑް-19 ފަދަ ފަސޭހަ އިން ގައިން ގަޔަށް އަރާ ބަލިތައް އޭގެ ޒާތުގައި، ކޮންޓްރޯލް ކުރަން ބަލާއިރު ވަރަށް ގިނަ ޗެލެންޖުތަކެއް ހުންނާނެ އެވެ. އަމުދުން، މާލެ ކަހަލަ ކާރޫބާރު ބޮޑު ސިޓީއެއްގައި، މީހުން ތޮށްޖެހިގެން އުޅޭ ތަންތަނުގައި މި ބަލި ކޮންޓްރޯލްކުރުން ވާނީ ނުހަނު އުނދަގޫ ކަމަކަށެވެ. އެކަމަކު، މިހާތަނަށް ވެސް ބަލީގެ ނުރައްކާ ބޮޑުވި ކޮންމެ ދަނޑިވަޅެއްގައި ދިވެހިން ދައްކާފައިވާ ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުން ބަލީގެ ހާލަތު އަތުން ދޫވާ ހިސާބަށް ގޮސްފައެއް ނުވެ އެވެ.

ބަލި ކޮންޓްރޯލް ވުމުގެ އެންމެ މުހިއްމު އެއް ސަބަބު ގުޅިފައި އޮތީ ސިއްހީ މާހިރުން ދޭ އިރުޝާދު ކަނުލާ އަޑުއަހާ މީހުން ގިނަވުމެވެ. އެކަމަކު، މަދުން ނަމަވެސް ކޮވިޑާ ގުޅޭ ގޯސް މައުލޫމާތު ނުވަތަ ނުރަނގަޅު މެސެޖެއް ދޭ ވާހަކަތައް އާންމުވެ، އޭގެ ފަހަތުން ދާ މީހުން އެބަ އުޅެ އެވެ. ހަގީގަތުގައި، ގޯސް މައުލޫމާތު ފަތުރައިގެން ލިބޭނެ ފައިދާއެއް ނެތްއިރު، އެކަން ކޮށްގެން ނުރައްކަލެއްގެ ތެރެއަށް އެ ހުށަހެޅެނީ ދުރުހިލޭ ބައެއް ނޫނެވެ. އޭގެ ތެރޭގައި، އެ ނުރަނގަޅު ވާހަކަތައް ފަތުރާ މީހާ އާއި އޭނާގެ ލޯބިވާ އެހެން މީހުން ވެސް ހިމެނެ އެވެ.

"މީގައި އަޅުގަނޑުމެން ވިސްނަންވީ ކަމަކީ، ވީހާ ވެސް ސައްހަ މައުލޫމާތު އެންމެނަށް ފޯރުކޮށްދޭށޭ. ހަގީގަތުގައި މީގެ ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކައިގެން ވާނެ ފައިދާއަކަށް ވުރެން ބޮޑަށް ލިބޭނެ ގެއްލުން އިންތިހާ އަށް ބޮޑު. އެއް ބައެއްގެ ގޮތުގައި ތިބެގެން ކޮވިޑް އިން އަރައިގަނެވޭނީ،" މިދިޔަ ޖުލައި މަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

ވަކިވެގެން މީގެ މޮޅުވާނެ ކަމަށް ދެކިގެން ނުވާނެ. އަޅުގަނޑުމެން މި ނަމްބަރުތައް ތިރިކުރާ ނަމަ ކުރުން ރަނގަޅު ކަމަކީ ސާފު ތާހިރުކަމަށް އިސްކަންދޭން އެންމެނަށް ނަސޭހަތްތެރިވުން."

ޑރ. ނަޒްލާ ފާހަގަކުރެއްވި އެ ވާހަކައިގައި އެންމެ މުހިއްމު ކަމަކީ، ބަލި ކޮންޓްރޯލްކުރުމުގެ ހަގީގީ ބާރު އޮތީ ސިއްހީ ތަޖުރިބާކާރުންގެ އަތުގައި ނޫނެވެ. ކޮވިޑުގެ ހާލަތުން އަރައިގަނެ، އާއާމު ހާލަތަށް ރުޖޫއަވާން ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައް ކަމަށްވާ ޕޮޒިޓިވްވާ ނަމްބަރު ތިރިކުރުމަކީ އަހަރެމެން އެންމެންނާ ގުޅިފައިވާ ކަމެކެވެ. ބަލިން ސަލާމަތްވެ ހުރެވޭނީ އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ.

ކޮންމެ މީހެއް ވެސް އިސްކުރަންވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަކީ ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއްގެ އިތުރުން، އަމިއްލަ އާއިލާ އަށް އަދި ގައުމަށް ވެސް ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ. މި ވައިރަހުގެ ނުރައްކަލުން ސަލާމަތްވެގެން ނޫނީ މި ވަގުތު އާންމު ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގެނެވޭނެ ގޮތެއް ނެތެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި މާ ވަރުގަދަ ސިއްހީ ނިޒާމެއް ނެތް ނަމަވެސް، މިހާތަނަށް ކޮވިޑްގެ އަދަދުތައް ހެލްތު ސިސްޓަމްގެ ތެރެއިން ހިފެހެއްޓޭ ވަރަށް ކޮންޓްރޯލްވެފައި އޮތީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ތިރިކުރުމުގައި އެކި ފަހަރު މަތިން ކުރި މަސައްކަތުން ލިބުނު ކުރިއެރުންތަކުގެ ސަބަބުންނެވެ. އެހެންކަމުން އެ އަދަދުގެ ކޮންޓްރޯލް ނުގެއްލި ބޭއްވޭނީ އެހެން މީހުންނަށްޓަކައި ތިބާ ވެސް އަމިއްލަ ޒިންމާ އަދާކޮށްގެންނެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.