277 ގާނޫނީ ވަކީލަކު ވަކީލުކަމުގެ ހުވާ ކުރައްވައިފި

17 Oct 2020 | 23:55

މޯލްޑިވްސް ބާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނަށްފަހު 277 ވަކީލަކު، ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފިއެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާލައިދެއްވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ވަކީލުން މަގާމުގެ ހުވާކުރުމަށްޓަކައި ބާ ކައުންސިލުން އެކުލަވާލާފައިވާ އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހުނެވެ. މި ތަމްރީނު ޕްރޮގްރާމުގެ ދަށުން ކިޔަވައިދެނީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިންގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންނެވެ. މިއީ މި ތަމްރީން ނިންމި ފުރަތަމަ ފަރާތްތަކެވެ.

މިއަދު ހުވާކުރި ހުރިހާ ފަރާތްތަކުންވެސް ދެން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވާން ޖެހޭނެއެވެ. 

Advertisement

ކޮމެންޓް

Advertisement