ދަރިވަރުން ސްކޫލަށް ވެއްދުމާއި ބަދަލުކުރުމަށް އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފި

29 Oct 2020 | 19:01

ދަރިވަރުން ސްކޫލަށް ވެއްދުމާއި ސްކޫލް ބަދަލުކުރުމަށް އޮންލައިން ޕޯޓަލެއް ތަޢާރަފްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މި ޕޯޓަލް ތައާރަފްކޮށްފައި ވަނީ ރޭ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޕޯޓަލް ހެދުމުގެ މަގްސަދަކީ ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކަންކަން ކުރިއަށްގެންދިޔުމުގައި ބެލެނެވެރިންނަށް އިތުރަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އޮންލައިންކޮށް ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށަހެޅުމަށް ޚާއްސަކޮށް ތައްޔާރުކުރި މިޕޯޓަލް މެދުވެރިކޮށް ފޯމާ ގުޅޭ ލިޔެކިޔުންތައްވެސް ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި ޖާގަ ލިބިފައިވާނަމަ އިތުރު ޑޮކިއުމެންޓެއް ހުށަހަޅަން ނުޖެހި ސްކޫލަށް ވެއްދުމުގެ ކަންކަން ހަމަޖެހޭނެއެވެ.

އޮންލައިންކޮށް ހުށަހަޅާ ފޯމުތަކަށް ޕޯޓަލް މެދުވެރިކޮށް ބެލެނެވެރިޔާގެ ފޯނަށް ޖަވާބު ފޮނުވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް