N/A
N/A
ހަބަރު 30 Oct 2020 | 21:34

ފިނި މޫސުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމާ!

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ސަވައިވިންގް ވިންޓަރ 2020 ލޯންޗުކޮށްފިއެވެ.

އައިއޭސީއިން ސަވައިވިންގް ވިންޓަރ 2020 ކެމްޕޭން ލޯންޗުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މީގެކުރިންވެސް ފިނި މޫސުމާއި ދިމާކޮށް އައިއޭސީގެ ފަރާތުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި އަޙުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަކީ މިފަދަ ތިން ވަނަ ކެމްޕޭންކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭންގެ ތެރެއިން އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދަނީ 20 އޮކްޓޯބަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.

ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދެވިގެންދާނެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރެއިން ހަވާލުކުރެވިގެންދާނެއެވެ.

ފިނި މޫސުމާއި ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަންޖެހިފައިވާތީ، އައިއޭސީންއިން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން، ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދެވޭނެކަން އައިއޭސީއިން ފާހަގަކުރެއެވެ.

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވެއެވެ. މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށްދެވޭނެއެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.

މި ކެމްޕޭންގެ ތެރެއިން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އައިއޭސީއިން ވަނީ ހުޅުވާލާފައެވެ. އައިއޭސީއިން ހާމަކުރާގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ޤައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ.

މި 4 ޤައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެްލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ: 7770000026265

ޔަމަން: 7770000026264

ސީރިއާ: 7770000026263

މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް  މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ކޮންމެ ދަނޑިވަޅަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލަދިނުމެވެ. ފިނި މޫސުމާއި ގުޅިގެން އެތަށް ތަކްލީފެއް އުފުލަން ޖެހިފައިވާ މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފިނި މޫސުމުން ރައްކާތެރިވެ، މި މޫސުމުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން އެ ފަރާތްތަކަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
14 Nov 2026 ހަބަރު

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
14 Nov 2026 ހަބަރު

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ހަބަރު

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.