N/A
N/A
ހަބަރު 14 Nov 2020 | 09:48

ޤައުމީ އެއާލައިންގެ ހިއްސާ އިންޑިއާގެ ކުންފުންޏަކަށް ވިއްކާލަނީ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޑެފިސިޓް ފޫބައްދަން ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ބަޖެޓުގައި މިވަނީ ހިމަނާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ޤައުމީ އެއާލައިން މޯލްޑިވިއަން ވެސް ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކާނަމަ މޯލްޑިވިއަންވެސް ހިމެނޭނެކަމީ ފާހަގަކޮށްލަންޖެހޭކަމެކެވެ.

މިއާއެކު އެއާލައިން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަރާތްތަކާއި، މޯލްޑިވިއަންގެ ބައެއް މުވަޒަފުން މީސްމީޑިއާގައި މިވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

މޯލްޑިވިއަންގެ އޮފިޝަލްއެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވޮއިސް" އަށް ކިޔައިދިން ގޮތުގައި މޯލްޑިވިއަންގެ ހިއްސާ އިންޑިއާގެ ސްޕައިސް ޖެޓް އެއާލައިންއަށް ވިއްކާލުމުގެ މަޝްވަރާތައް ކޮށްފައިވާކަމަށާއި، މި އީ މިކަމުގައި ކަންބޮޑުވުންތަކެއް ހިމެނޭކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ސަތޭކަ އިންސައްތައް ހިއްސާއާއެކު ހިންގަމުން އަންނަ މޯލްޑިވިއަންގެ 49% ހިއްސާ އާއި ހަމަޔަށް ސަރުކާރުން ވިއްކުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. މިއީ ބޮޑު އިންވެސްޓްމަންޓާއި، އެއާލައިން ފުޅާކުރުމަށް ކުރެވިދާނެކަމެއްކަން މޯލްޑިވިއަންގެ އޮފިޝަލް ފާހަގަކުރައްވާފައިވެއެވެ.

"ނަމަވެސް މޯލްޑިވިއަންއަކީ މި ކެޕޭސިޓީ ހުރި އެއާލައިންއެއް. ހިއްސާ ވިއްކާލައިގެން ބޭރުން އިންވެސްޓް ކުރާ ވަރަށް ކުންފުނީގެ ހާލަތެއް ގޯހެއް ނޫން. އެއާލައިން ތަކަކީ ލޯންގް ޓާމް އިން އެކުރާ އިންވެސްޓްމަންޓްގެ ބަދަލު ފެންނަ ދާއިރާއެއް. ސިޔާސީ ބޭނުމަށް ލިބޭ 5 އަހަރުން ވަގުތީ މަންފާއަކަށް ކުރަން ހެޔޮ ވާވަރުގެ ކަމެއްނޫން މީ" މޯލްޑިވިއަންގެ އޮފިޝަލް ކިޔައިދިނެއެވެ.

އެއާލައިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ހިއްސާ ވިއްކާނަމަ އިންޑިއާގެ ބަދަލުގައި ބައިނަލް އަޤުވާމީ ބޮޑެތި އެއާލައިންތައް ކަމުގައިވާ ގަތަރު އެއާލައިން، އެމިރޭޓްސް ފަދަ އެއާލައިންތަކާއެކު މަޝްވަރާކުރުމަށް ވެސް ގޮވާލާފައެވެ.

އިންޑިއާގެ ސްޕައިސް ޖެޓަށް މޯލްޑިވިއަންގެ ހިއްސާ ވިއްކުމަށް މަޝްވަރާކުރެވިފައިވާ އިރު އިންޑިއާގެ ފުރަތަމަ ސީޕްލޭން ހިދުމަށް ވަނީ މޯލްޑިވިއަންގެ އެހީގައި ސްޕައިސް ޖެޓްއިން މިދިޔަ މަހު އިންޑިއާގައި އިފްތިތާހްކޮށްފައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން "ވޮއިސް" އަށް މައުލޫމާތުދިން ގޮތުގައި އިންޑިއާގެ އެއާލައިނެއްކަމަށްވާ ސްޕައިސް ޖެޓަށް ވަނީ ސްޓޭޗޫ އޮފް ޔުނިޓީ، ގުޖުރާތުގެ ކެވާޑިޔާގެ ސަރްދާރް ސަރޯވަރް ޑޭމް އަދި ގުޖުރާތުގެ އަމްދަބާދުގެ ސަބްރަމާތީ ރިވަރ ފްރަންޓާއި ދެމެދުގައި ސީޕްލޭން ދަތުރުތައް ބޭއްވުމުގެ ހުއްދަ ދެވިފައެވެ.

މިދިޔަމަހުގެ 31ވަނަ ދުވަހުގައި މި ދަތުރުތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންްދްރަ މޯދީ އިފްތިތާހުކޮށްފައިވާ އިރު މޯލްޑިވިއަންގެ ޓީމެއް އިންޑިއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ ސިޔާސަތުގެ ދަށުން، އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާވީހާ ވެސް ކުޑަކޮށް ޕްރައިވެޓައިޒްކުރުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.