Advertisement

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ރަން ވަނަތަކެއް ކްރޮސްރޯޑްސް މޯލްޑިވްސްއަށް!

18 Nov 2020 | 12:38

ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ލަގްޒަރީ ހޮޓެލް އަދި ރިސޯޓްތަކަށް އަމާޒުކޮށްގެން ދެވޭ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ މިއަހަރުގެ އަދަދުގައި ރާއްޖޭގައި ހިންގަމުންދާ ކްރޮސްރޯޑްސް މޯލްޑިވްސްއިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

14ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ހިމެނޭ ހޮޓެލް އަދި ރިސޯޓްތަކަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ.

އެގޮތުން ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއަށް ގްލޯބަލް ލަގްޒަރީ ބްރޭންޑްގެ އެވޯޑް ލިބުނުއިރު، ސާއި ލެގޫން މޯލްޑިވްސްއަށް ވަނީ ކޮންޓިނެންޓް ލަގްޒަރީ ބްރޭންޑްގެ އެވޯޑް ލިބިފައެވެ. މީގެ އިތުރުން ސްޕާގެ ދާއިރާއިންވެސް ކްރޮސްރޯޑްސް މޯލްޑިވްސްގައިވާ ތަންތަނަށް ވަނީ ރަންވަނަތަކެއް ލިބިފައެވެ.

ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ރޮކް ސްޕާއަށް ކޮންޓިނެންޓަލް ލަގްޒަރީ ސްޕާ ރިޓްރީޓް އެވޯޑް ލިބުނު އިރު، ރީޖަނަލް ލަގްޒަރީ ސްޕާ ރިޓްރީޓް އެވޯޑް ލިބުނީ ދި ލެގޫންގައިވާ ލާން ބެ ވެލްއަށެވެ. އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ދަ އެލިފަންޓް އެންޑް ބަޓަރފްލައިއަށް ވަނީ ކޮންޓިނެންޓަލް ލަގްޒަރީ ރެސްޓޯރެންޓް އެވޯޑް ލިބިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި އިންޓަގްރޭޓޭޑް ރިސޯޓް ކޮންސެޕްޓަށް ހުޅުވުނު ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ގިނަ ޚިދުމަތްތަކާ އަދި ދެ ލަގްޒަރީ ބްރޭންޑްގެ ރިސޯޓަކާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ.

Advertisement

ކޮމެންޓް