އެމްކިއުއޭ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް... ފޮޓޯ: އެމްކިއުއޭ
ހަބަރު
17 Jun 2025 | 07:26
ފޭކް ސަނަދުތަކުގެ މައްސަލަ ކަންބޮޑުވާވަރަށް އިތުރުވެއްޖެ: އެމްކިއުއޭ

ފޭކް ސަނަދުތައް ދައުރުވަމުންދާ މައްސަލަ މިހާރު ކަންބޮޑުވާވަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހާމަކޮށްފިއެވެ.

އަސްލެއްނެތް ސަނަދުތަކުގައި އަސްލެއްކަމަށް އަންގައިދޭ ތަތްގަނޑު ޖަހައިގެން ބޭނުންކުރަމުންދާ މައްސަލަތަކެއް މިދިޔަ ދެ އަހަރެއްހާދުވަހުވެސް ފެންމަތިވިއެވެ. އެގޮތުން 2023 އަހަރުގެ ތެރޭގައި ފޭކް އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތައް ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އޭރު، އެމްކިއުއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދި ބަޔާނެއްވެސް ނެރެފައެވެ.

ފޭކް ސަނަދުތަކުގެ މައްސަލާގައި ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެފައިވަނީ، މި ފަހަކަށް އައިސް ކަންބޮޑުވާވަރަށް ފޭކް ސަނަދުތަކުގެ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެމްކިއުއޭއަށް ފޭކް ސަނަދުގެ 5 މައްސަލައެއް އަދި އަހަރުގެ މިހާތަނަށް ހަތަރު މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، އެހާވަރަށް އެ އޮތޯރިޓީއަށް އެ މައްސަލަ އަންނާނީ މުޖުތަމައުގައި ފޭކް ސަނަދުތައް މުޖުތަމައުގައި ދައުރުވާތީކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ފޭކު ސަނަދާ ގުޅޭގޮތުން ހަފްތާއަކު މަދުވެގެން މައްސަލައެއް ރިޕޯޓްކުރާކަމަށާއި، ފޭކް ސަނަދުތަކާ ގުޅޭގޮތުން އެމްކިއުއޭއަށް ލިބުނު މައްސަލަތައް ބެލުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާކަމަށެވެ. މިފަދަ މައްސަލަތައް ފުލުހުންގެ އިދާރާއަށް ފޮނުވިނަމަވެސް، މައްސަލަ ބެލުމުގައި ފުލުހުންގެ މުއައްސަސާއިން މައްސަލަ ލަސްވަމުންދާކަން ފިޒާނާ ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ ތަންތަނުން ދޫކުރާ ސެޓިފިކެޓްތަކުގައި "ރިކޮގްނިޝަން" ތަތްގަނޑުޖެހުން 2016 ވަނަ އަހަރު ހުއްޓާލާފައެވެ. އެއާއެކު ދަރިވަރަކު އެއްކޮލެޖުން އަނެއް ކޮލެޖަށް ވަނުމަށް ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޖަހަމުންދަނީ އެސެސްޓޭޝަން ތަތްގަނޑެކެވެ. ގިނަ ފަހަރަށް އެ ސެސްޓޭޝަން ތަތްގަނޑު ޖަހައިދެނީ ކޮންމެވެސް ލޯޔަރެކެވެ.

މިހާރަކަށް އައިސް ފޮޓޯކޮޕީ ނަގައިދޭ ބައެއް ތަންތަނުންނާއި ގުޅާލުމުން އެމީހަކު ހުރިތަނަށް އައިސް އެސެސްޓޭޝަން ތަތްގަނޑު ޖަހައިދޭ މީހުން އުޅޭއިރު، ފޯޖްކޮށްފައި ހުންނަ ސެޓްފިކެޓްގައި އެ ތަތްގަނޑު ޖަހައި ހުށަހެޅުމުން އެއީ ރަނގަޅު ސެޓްފިކެޓެއްތޯ ކޮލެޖްތަކަށް ކަށަވަރުކުރެވޭނެ ގޮތެއް ނޯވެއެވެ.

ފިޒާނާ ވިދާޅުވީ އެބީދައިން ދައުރުވާ ސަނަދުތައް ވަރަށްގިނައިން ހުންނާނެކަން ގަބޫލުކުރެވޭކަމަށާއި، އަސްލެއްނެތް ސަނަދުތައް ބޭނުންކޮށްގެން ވަޒީފާގައި ތިބި މީހުންގެ އަދަދު ގިނަވާނޭކަމަށް މިހާރު ބެލެވޭކަމަށެވެ. ފިޒާނާ ވިދާޅުވީ މިހާރު ކޮލެޖްތަކުންވެސް ކޯހަށް ވަނުމަށް ދަރިވަރުން ހުށަހަޅާ ސަނަދުތައް އަސްލުތޯ ބެލުމަށް ހުށަހަޅަމުންދާ ކަމަށާއި، އެގޮތަށް ހުށަހެޅޭ ސަނަދުތަކުންވެސް ފޭކް ސަނަދުތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ.

"ކޮލެޖްތަކުގެ ޕްރޮގްރާމް އޮޑިޓުންވެސް ފޭކް ސަނަދުތަކުގެ މައްސަލަ އެބަ ފާހަގަވޭ. ތަންތަނުން ހުށަހަޅާ މިފަދަ ސަނަދުތަކުގައި އޮޅުވާލުން ހިމެނޭނަމަ އަޅުގަނޑުމެން އެ ސަނަދެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން" ފިޒާނާ ވިދާޅުވިއެވެ.

ފޭކް ސަނަދަށް ބިނާކޮށް އޭގެ މައްޗަށްހުރި ޕްރޮގްރާމްތައް ފުރިހަމަކުރިނަމަވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލްތައް އޮންނަގޮތުން ކިޔެވި ހުރިހާ ޕްރޮގްރާމެއްގެ ސެޓްފިކެޓްތައް ބާތިލްވާނެއެވެ. އެމްކިއުއޭއިން ވަނީ މިގޮތަށް ފާހަގަކުރެވުނު ބައެއް މީހުންގެ ސެޓްފިކެޓްތައް ބާތިލްކޮށް އެފަދަ މައްސަލަތައް ބެލުމަށްވެސް ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހަށް ހުށަހަޅާ މިފަދަ މައްސަލަތައް ލަސްވަމުންދާތީ އެމްކިއުއޭއިން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.