މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު- ފޮޓޯ/ މަޖިލިސް
ހަބަރު
17 Jun 2025 | 10:10
ކައުންސިލަރުން ބެންކޮކު ދަތުރުތައް ކުރަނީ ރަށަށް ކަންކަން ކޮށްދީފައި ދެން ލިބޭ އެއްޗަކުން: ޒިޔާދު

ރަށްރަށުގެ ކައުންސިލްތަކުން ބެންކޮކަށް ތަޖުރިބާ ދަތުރުތައް ކުރަނީ ރަށަށް ކޮށްދޭންޖެހޭ ކަންކަމަށް ޚަރަދު ކުރުމަށްފަހު، ބާކީ ހުންނަ ފައިސާއިން ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު އޮތީ، ކައުންސިލްތަކުގެ ބަޖެޓް ކުޑަކޮށް މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕީއެންސީން ހުށަހަޅާފައިވާ ގަރާރަަށް ބަހުސް ކުރުމެވެ. 

އެއަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މިވީ 15 އަހަރުގެ ތެރޭގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ، ޕީއެންސީ/ޕީޕީއެމް ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކުރާ ކަމެއް ކަމަށެވެ. 

”މިހާރު ކުރަން މިއުޅޭ ކަމަކީ އަންހެނުންނަށް ދީފައި އިންނަ ކޯޓާ، އެ ޖާގަ ގެއްލުވާލަން މިއުޅެނީ“ ޒިޔާދު ވިދާޅުވިއެވެ.

މިއާއެކު ޒިޔާދު ވިދާޅުވީ، އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ބަޖެޓުން ކައުންސިލްތަކަށް ކުރާ ޚަރަދުގެ ވާހަކަކަމަށެވެ. ނަމަވެސް އެ ޚަރަދަކީ ދައުލަތުގެ ބަޖެޓްގެ އެންމެ ފަސް އިންސައްތަ ކަމަށާ، އެއީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރައާއި، ރަށްރަށުގެ މަގުތައް ސާފުކުރުމާއި، ރަށުތެރެ ބެލެހެއްޓުން ފަދަ ކަންކަމަށް ކަނޑައަޅާފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޮޑުވެގެން ކަންބޮޑުވެގެން މިއުޅެނީ. ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ކަންބޮޑުވާ ކަމެއް އެއީ. ކައުންސިލަރުން މި ހުރިހާ ޚަރަދެއް ކޮށްފައި، ދެން ލިބޭ އެއްޗަކުން ބެންކޮކު ދަތުރުވެސް އެކުރަނީ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މިއާއެކު ޒިޔާދު ވިދާޅުވީ، ކައުންސިލްތަކަށް ކުރާ ޚަރަދު ކުޑަކުރަން މަސައްކަތް ކުރަނީ ރަށްރަށަށް ”އެެއްޗެއް ލިބޭތީ އެކަން ކަމު ނުގޮސްގެން“ ކަމަށެވެ. 

ކައުންސިލްތައް ރަނގަޅަށް ނުހިނގާކަމަށް ގަރާރުގައި ފާހަގަކޮށްފައިވާއިރު، ރަނގަޅަށް ހިނގާ ކައުންސިލްތައްވެސް ހުރި ކަމަށާ، އެ ކައުންސިލްތަކުގެ ސަބަބުން ރަށްރަށަށް ތަރައްޤީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގިނައީ ރަނގަޅަށް ހިނގާ ކައުންސިލްތައް ކަމަށްވެސް ވިދާޅުވިއެވެ.

ޒިޔާދު މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ މިހާރު ހޭދަކުރެވޭ ގޮތާމެދު ދާދިފަހުން އޮތް ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެގޮތުން، ރައީސް ވިދާޅުވީ ބަައެއް ކައުންސިލްތަކުން ބެންކޮކު ފަދަ ބޭރު ގައުމުތަކަށް ދަތުރު ކުރަމުންދާ ކަމަށާ، އެކަމުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.