24 Nov 2020 | 05:58
މިހާރު ފަށާފައި ހުރި ގިނަ މަޝްރޫޢުތަކަކީ ޔާމީންގެ ސަރުކާރުން ފަށާފައި ހުރި މަސައްކަތްތަކެއް: ޝަރީފް

މި ސަރުކާރުން މިހާރު ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތަކަކީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދާ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތައް އަދާކުރަން ނުޖެހޭނެ ކަމަށާއި، އެއީ މި ނިމުނު ސަރުކާރުގެ ލޯނުތައް ކަމުގައި ބައެއް ބޭފުޅުން ވިދާޅުވެފައި ވީނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމުގައެވެ. އެއީ ދިވެހިރާއްޖޭގެ ލޯނުތަކެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

އޭގެ އިތުރުން އެބޭފުޅާ ވިދާޅުވީ، އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވީ ނަމަވެސް ސަރުކާރުގެ ބޮލުގައި އެޅިފައި އޮންނަ އިލްޒާމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެއް ސަރުކާރުންވާ ވަޢުދު އަނެއް ސަރުކާރުންވެސް ފުއްދަން ޖެހޭނެ ކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެިއތުރުން ރައީސް އިބްރާހިމް ޞާލިހްގެ ސަރުކާރު ވެރިކަމަށް އައުމަށްފަހުގައި، ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި ހިންގާފައިވާ ގިނަ މަޝްރޫޢުތަކަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.