ފޭކް ޓިކެޓް މައްސަލައިގައި ނުފުރުނު މީހުން މާދަމާ ފުރަނީ

27 Nov 2018 | 10:56

އަސްކޮއި ގުރޫޕުގެ ފަރާތުން އުމްރާއަށް ދާން ފުރަން ދިއުމުން ފޭކް ޓިކެޓްތަކެއްގެ ސަބަބުން ނުފުރުނު މީހުން މާދަމާ ފުރުވާލަން އެ ގުރޫޕުން ހަމަޖައްސައިފިއެވެ.

ނުފުރުނުކަމަށް ބުނާ 48 މީހުންނަށް މާދަމާ ހެނދުނަށް ޓިކެޓް ލިބި ފުރުމުގެ ހުރިހާކަމެއް ހަމަޖެހިފައިވާ ކަމަށް އަސްކޮއި ގުރޫޕްގެ އޮފިޝަލަކު މައުލޫމާތު ދެއްވައެވެ.

"28 ވަނަ ދުވަހުގެ ހެނދުނު 7 ޖަހާއިރަށް އެންމެ ލަސްވެގެން އެއާޕޯޓަށް ވަޑައިގެންނެވުމަށް ހުރިހާ އެންމެނަށް ވާނީ އެންގިފައި." އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅުން ފުރުމަށް ހަމަޖެހިފައިވަނީ ކުރިންވެސް ފުރަން ހަމަޖެހިފައިވާ އެއާލައިން ކަމަށްވާ ސްރީލަންކަން އެއާރލައިން އިންނެވެ. މި ފްލައިޓް ފުރަން ހަމަޖެހިފައިވަނީ ހެނދުނު 0930 ގައެވެ.

އަސްކޮއި އުމުރާ ގުރޫޕުގެ ހަވާލުގައި މި އަހަރުގެ ފަހު އުމުރާއަށް ދާ މީހުންގެ ތެރެއިން ފޭކު ޓިކެޓް ތަކެއްގެ ސަބަބުން މިމަހު 25 ވަނަ ދުވަހު ނުފުރުނީ ޓިކެޓް ނެގި ސަމްހާ އިންޓަނޭޝަނަލް ގުރޫޕްގެ މައްސަައެކުންނެވެ.

އަދި މިމައްސަލައިގައި ސަމްހާ އިންޓަނޭޝަނަލްގެ އިސްވެރިއަކު ފުލުހުން ވަނީ ހައްޔަރު ކޮއްފައެވެ.

Advertisement

ކޮމެންޓް

Advertisement