10 Dec 2020 | 23:12
ޝަހީބު ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ތާއިދުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރު ޝަހީބުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ގއ.ވިލިގިނލީ ލައިޓްހައުސް ޝަހީބު އިބްރާހީމްގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އިސްތިއުނާފް ކޮށްފައެވެ.

ޝަހީބް ކޯޓު އަމުރުގެ ދަށުން ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހުގައެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމްގައި ވަނީ ޝަހީބް އިބްރާޙިމް ބަންދުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ނުދެކޭކަމަށާއި ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއްނެތް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައިކުޑަކުއްޖަކުވެސް ހިމެނެއެވެ. ނަމަވެސް އެކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެ
25 Jul 2026
ހުޅުމާލޭ ފޭސް ދޭކުން ދެން އެންމެ އަވަހަށް ނިމޭނީ ކޮން މިސްކިތެއް؟
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކަށް ބަލާއިރު، ނުނިމި ދިގުލައިގެންދިޔަ މިސްކިތަކީ ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން އިމާރާތްކުރަމުން އަންނަ މިސްކިތެވެ
25 Jul 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ނޫސްތަކުގައިވާގޮތުން މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ
25 Jul 2026
މިނިވަންދުވަހުގެ ހަރަކާތްތަކަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެއަށް
ޕްރިންސް ޑރ.މަންސޫރުގެ މި ދަތުރުފުޅަކީ ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.