މިސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުނޑުފުނޑުކޮށްލައި ދުސްތޫރު ނެތިކޮށްލައިފި: ޑރ.ޖަމީލް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުނޑުފުޑުކޮށް ދުސްތޫރު ނެތިކޮށްލައިފި ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
"ވިސްނާ" ޖަލްސާގައި ވާހަކަދައްކަމުން ޑރ.މުޙައްމަދު ޖަމީލް ވިދާޅުވީ، މިސަރުކާރުންވެރިކަމަށް އައިސް މުޅި ނިޒާމު ފުނޑުފުނޑުކޮށްލައި ދުސްތޫރު ނެތިކޮށްލާފައި ކަމަށާއި، ޖުޑިޝަރީ މިއަދު މިވަނީ އެމް.ޑީ.ޕީ.ން ވަކިގޮތަކަށް ޢަމުރުނެރެ ވަކި ބަޔަކަށް އިންސާފު ހޯދައިދޭގޮތަށް އެކުލަވާލާފައި ކަމަށެވެ.
އަދި އިބްރާޙިމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރެއްވި އިންތިޤާލީ އިންސާފުގެ ބިލާ ގުޅޭގޮތުން ޑރ.ޖަމީލް ވިދާޅުވީ އެއީ ސަރުކާރުގެ ކަރަށް މެހުނު މަޅިއެއްކަމަށެވެ.
އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާއި ޚިލާފަށް ކުރައްވާފައިވާ އެތައް މައްސަލަތަކެއް އެ ޤާނޫނުގެ ދަށުން ބެލިގެންދާނެކަމަށާއި، އެ ޤާނޫނުގެ ދަށުން، ރައީސް ނަޝީދު 1000 އަހަރަށް ޖަލަށްލެވޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists