30 Dec 2020 | 09:19
ޖިންނި މޮޔަވާ 5 ސަބަބެއް

ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނަކީ އިންސާނުންނަށް ބަޔާންވެ ފާޅުވެގެންވާ ޢަދުއްވުންނެވެ. އެ ޝައިޠާނުންނަށް ވީ ވަރަކުން، ލިބިގެންވާހާ ބާރެއް ބޭނުންކޮށްގެން އިންސާނުންނަށް ގޯނާކޮށް ދުއްތުރާކުރުމަށް މަސައްކަތްކުރެއެވެ. އެހެންނަމަަވެސް، މާތް ﷲ ވަނީ އެކަލާނގެއަށްޓަކައި އަދާކުރަންޖެހޭ އެތައް ޙައްޤުތަކެއް އިންސާނުން ދޫކޮށްލާއިރުވެސް، އެ ނުފެންނަ އަނިޔާވެރި ޢަދުއްވުންގެ ކިބައިން ރައްކާތެރިކުރައްވާފައެވެ. މި ރައްކާތެރިކަން ދެމެހެއްޓުމާއި، ރައްކާތެރިކަމުގެ ބާރު ވަރުގަދަ ކުރުމުގެ ސަބަބު މާތް ﷲ ލައްވަވާފައިވަނީ އިންސާނާގެ އަތްމަތީގައެވެ. އިންސާނާއަށް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ރައްކާތެރިކަން ގެއްލި، ޝައިޠާނުންގެ ޝިކާރައަކަށް އެ އިންސާނަކު ވެގެންދެއެވެ.

ޢާއްމުގޮތެއްގައި ޖިންނީން އިންސާނުން މޮޔަކޮށްލައި، ތަފާތު ގެއްލުންތައްދޭ އެކި ޙާލަތްތައްވެއެވެ. މިގޮތުން؛

(1) އިންސާނާދެކެ ލޯބިވުން: ޖިންނީންގެ ތެރެއިން ބައެއް ޖިންނި އިޝްޤީގޮތުން އިންސާނާދެކެ ލޯބިވެއެވެ. އިންސާނުން އެކަކު އަނެކަކުދެކެ އިޝްޤީގޮތުން ލޯބިވާ ފަދައިންނެވެ. އެއީ އެ ޖިންނިއެއްގެ ޝަހްވާނީ ލައްޒަތު އިންސާނެއްގެ ފުށުން ޙާޞިލުކުރުމަށްޓަކައެވެ. އެހެން ޙާލަތްތަކަށްވުރެ މި ޙާލަތުގައި ޢާއްމުކޮށް އިންސާނާއަށް ކުރާ ގެއްލުން ކުޑަވެފައި، އުނދަގޫވާލެއް ކުޑައެވެ. މިފަދަ ޙާލަތްތަކުގައި ޢާއްމުގޮތެއްގައި އެދުންވެރިކަން ޙާޞިލުކުރުވަނިވި ހުވަފެންތައް ފެނުން އާދަޔާޚިލާފަށް ގިނަވެގެންދެއެވެ. އެހެންމީހުންނާ އެކަހެރިކޮށް އުޅުމާއި، ނިދާއިރު އެކަނި ނިދަން އިންތިހާއަށް ބޭނުންވުުމާއި، އަނދިރީގައި ނިދަން ބޭނުންވުމާއި، ނިދިން ހޭލާއިރު ގައިގެ އެކިތަންތަން ރަތްވެފައި ހުރުމާއި، އެކިތަންތަނުގައި ހިފަހައްޓާފައި ހުރި ކަމުގެ ނިޝާންތައް ފެނުމަކީ މިކަމުގެ ޢަލާމާތްތަކެވެ.

(2) އިންސާނާގެ ފުށުން ގެއްލުމެއް ލިބުމުން: އިންސާނާ ކުރާ ޢަމަލެއްގެ ސަބަބުން ޖިންނިއަކަށް ގެއްލުމެއް ލިބިއްޖެކަމުގައިވާނަމަ، އިންސާނާއަށް ލިބިފައިވާ ރައްކާތެރިކަން ބައެއްފަހަރު ގެއްލިގެން ދެއެވެ. މިސާލަކަށް؛ އެއްޗެއް އެއްލުމުން ޖިންނިއެއްގެ ގައިގައި ޖެހުމާއި، ހޫނުފެން އެއްޗެއް އުކާލާއިރު ޖިންނިއެއްގެ ގަޔަށް އުކާލެވުމެވެ. ނަތީޖާއެއްގެގޮތުން އެ ގެއްލުމުގެ ބަދަލުހިފުމަށްޓަކައި އެ ޖިންނިއެއް ނުވަތަ އެ ޖިންނީގެ ޢާއިލާ ބަޔަކު އެ އިންސާނަކަށް ގޯނާކުރަން ފަށްޓައެވެ. މިއީ ބަދަލުހިފުމުގެ ޙާލަތެކެވެ. އެ އިންސާނާކަށް ތަފާތު ގެއްލުންތައް ދީ، ބައެއް ޙާލަތްތަކުގައި އެ އިންސާނަކު މަރާވެސް ލައިފާނެއެވެ.

އިންސާނުންގެ ތެރެއިން ބައެއްމީހުން އެއްވެސް ޙައްޤަކާނުލައި މީހުންނަށް އަނިޔާކުރާ ފަދައިން ޖިންނީންގެ ތެރެއިން ބައެއް ޖިންނި އިންސާނުންނަށް ޙައްޤަކާނުލައި އަނިޔާކުރެއެވެ. މި ޙާލަތުގައި އެ އިންސާނަކަށް ތަފާތު ވައްތަރުގެ އަނިޔާތައް ދީ، ދުއްތުރާކޮށް ހަދައެވެ.

އިންސާނުން އެކަކު އަނެކަކަށް ލާ ޙަސަދައިގެ ޒަރީޢާއިން، ޖިންނީން އެ ޙަސަދަ ލެވުނު މީހަކު މޮޔަކޮށްލައެވެ. އެ ޙަސަދަވެރިވީ މީހާގެ ޙަސަދައިގެ ބާރުން ބާރުހޯދައިގެން، އެ ޙަސަދަ ލެވުނުކަމެއް ޙާޞިލުކޮށްދިނުމަށްޓަކައި މަސައްކަތްކޮށް ދެއެވެ. މިއީ ހައްތަހާވެސް އިންސާނުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި ކުރާކަމެކެވެ. ޙަސަދަވެރިޔާ ޙަސަދަވެރިވީ މީހެއްގެ ތަނަވަސްކަމަށް ކަމުގައިވާނަމަ، އެމީހާގެ ތަނަވަސްކަން ނެތިކޮށްލުމަށްޓަކައި މަސައްކަތްކުރެއެވެ.

(5) ސިޙުރުގެ ސަބަބުން: ސިޙުރުވެރިން އެކި ކަންކަމަށް ސިޙުރު ހަދައެވެ. ދެމަފިރިން ދުރުކުރުމަށާއި، ދިރިއުޅުން ހަލާކުކުރުމަށާއި، ގެ ފަޅުކުރުމަށާއި، ޢާއިލާގެ ތެރޭގައި ރުޅިވެރިކަން އުފެއްދުންފަދަ އެތައް ކަމަކަށް ސިޙުރުވެރިން އެކި ވައްތަރު ވައްތަރުގެ ސިޙުރު ހަދާއުޅެއެވެ. ސިޙުރުވެރިޔާގެ ސިޙުރުގެ ބާރުގައި ޝައިޠާނުން މަސައްކަތްކުރެއެވެ. ބައެއްފަހަރު ސިއްރުގައެވެ. އަނެއްބައިފަހަރު ފާޅުގައި މޮޔަކޮށްލައެވެ.

ބަޔާންވެދިޔަ އެންމެހާ ޙާލަތްތަކުން ރައްކާތެރިވުމަށްޓަކައި؛ ޚާއްޞަގޮތެއްގައި ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ފަރުވާތެރިވުމާއި، މި ނޫންވެސް ހެޔޮ ޢަމަލުތައްކުރުން ގިނަކުރުން ހުއްޓެވެ. އަދި ޝަރުޢީގޮތުން ނިވާކުރަންޖެހޭ މިންވަރަށް ޢައުރަ ނިވާކުރުމާއި، ހެދުން ބާލާއިރު ބިސްމި ކިޔުމާއި، އެއްޗެހި އުކާ އެއްލާ ހަދާއިރު ބިސްމިކިޔުމާއި، ފާޚާނާއަށް ވަންނައިރު ދުޢާކިޔުން ހިމެނެއެވެ. އަދި މި ޒަމާނުގައި "ރައްޓެހިވުމުގެ" ނަމުގައި ދެ ޖިންސުގެ މީހުން އެކަހެރިވެ، ކުރާ ފާޙިޝްޢަމަލުތައް ކުރުމުން ދުރުހެލިވާންޖެހޭނެއެވެ. ބަނގުރާބުއިމާއި، މަސްތުވާތަކެއްޗާއި، މިޔުޒިކާއި، ދެ ޖިންސު މަސްހުނިވުންފަދަ ތަފާތު މުންކަރާތްތައް ހިނގާ މާޙައުލުތަކުން ދުރުހެލިވާންޖެހޭނެއެވެ. ޙަސަދައިގެ ނުބައިކަމުން ރައްކާތެރިވުމަށްޓަކައި؛ މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވަންޖެހެއެވެ. ސޫރަތުލް ފަލަޤް އަދި ސޫރަތުއްނާސި ކިޔުމަށް ވާރިދުވެފައިވާ އެކި ޙާލަތްތަކުގައި މި ދެ ސޫރަތްކިޔުމަށް ފަރުވާތެރިވާންޖެހެއެވެ.

ޝައިޠާނުންނާއި، ސިޙުރުވެރިންނާއި، ޙަސަދަވެރިންގެ ނުބައިކަމުން މާތް ﷲ އަޅަމެން ރައްކާތެރިކޮށްދެއްވާށި!

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ