ހަބަރު
01 Jan 2021 | 14:38
ވޮއިސް 2020: އަހަރުގެ އެންމެ ގަދަ 5 އަޑު!

2020ވަނަ އަހަރަށް އަލްވަދާއު ކިޔައި، 2021ވަނަ އަހަރަށް މަރުހަބާ ކިޔަން މުޅި ދުނިޔެއިން ތައްޔާރުވަމުންދާއިރު، މި ނިމިގެންދާ އަހަރަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ. 2020ވަނަ އަހަރަކީ ދިވެހިރާއްޖެއާ ދުނިޔޭގެ މަޝްރަހުގައި މުހިންމު ހާދިސާތަކެއް ހިނގައިގެން ގޮސްފައިވާ އަހަރެކެވެ. އެގޮތުން ރާއްޖެއަށް ބަލާލާއިރު ކޮވިޑް-19ގެ ބަލިމަޑުކަމާ، ވެންޓިލޭޓަރުތަކުގެ ބޮޑު ޚިޔާނާތާ، އިޖްތިމާއީ އެތަކެއް މައްސަލަތައް ފާޅުވެ އަދި ޖިންސީ ކުށްތަކުގެ ބޮޑެތި މައްސަލަތައް ހިނގައިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. 

މިއަހަރަކީ ވޮއިސް ހިންގަން ފެށުނުތާާ ދެ އަހަރު ފުރުނު އަހަރުކަމަށް ވީހިނދު، އަހަރުގެ މުހިންމު ޚަބަރުތަކާއި ހާދިސާތައް މި ނޫހުން ވާނީ ގެނެސްދީފައެވެ.

މި ހިސާބުން މި ބަލާލަނީ 2020ވަނަ އަހަރުގެ ވޮއިސްގެ ކިޔުންތެރިންނަށް އެންމެ ކަމުދިޔަ ފަސް ލިޔުމަށެވެ. އެންމެ ގަދަ ފަސް އަޑަށެވެ. މި ލިޔުންތައް ހޮވުމުގައި ބަލާފައިވާނީ ވެބްސައިޓްގެ ސިސްޓަމުން އެންމެ ގިނަ އަދަދަކަށް ކިޔާފައިވާ ކަމަށް ދައްކާ ލިޔުންތަކަށެވެ.


5.ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރެފި!

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން ފަސްވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރެފި"، މި ނަމުގައި އިނާޒް މޫސާ ޝާއިއުކުރި ޚަބަރެވެ. މި ޚަަބަރުގައި ހިމެނިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްެރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން  H8, H5, H4 އަދި H10 ކެޓަގަރީގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު އާންމުކުރި ޚަބަރެވެ.


4.ޗައިނާ ރައްޔިތުންގެ ސަމާލުކަން ދިވެހިން ހޯދައިފި

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން ހަތަރުވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ޗައިނާ ރައްޔިތުންގެ ސަމާލުކަން ދިވެހިން ހޯދައިފި"، މި ނަމުގައި މުއައްލިމް އިބްރާހިމް ޝާއިއުކުރި ލުއި ޚަބަރެވެ. މި ލުއި ޚަބަރުގައި ހިމެނިފައިވަނީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީއާ އެކު ދިވެހިން ތިބިކަން އަންގައިދޭން، މޯލްޑިވްސް ޗައިނާާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ނުވަތަ އެމްސީޓީސީއޯއިން ތައްޔާރުކުރި ވީޑިޔޯގެ ވާހަކައެވެ. މި ވީޑިޔޯއަށް ޗައިނާއިން ބޮޑު ސަމާލުކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.


3.ޒަކިއްޓެގެ ކަންތަކުގައި ޢަލީ ރަމީޒުގެ ކޮމެންޓަކީ ކޮބާ؟

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން ތިންވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ޒަކިއްޓެގެ ކަންތަކުގައި ޢަލީ ރަމީޒުގެ ކޮމެންޓަކީ ކޮބާ؟"، މި ނަމުގައި އިނާޒް މޫސާ ލިޔުނު ރިޕޯޓެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ގިނަ ލަވަތަކަކީ ކޮޕީ ލަވަތަކެއްކަމަށާއި، އެއީ ޓީވީއެމްއިން އުފެއްދި ޕަޕެޓެއްކަމަށް މިހާރުގެ ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގެ ސަބަބުން މުޅި ސޯޝަލް މީޑިޔާ ކެކިގެންދިޔައެވެ. އިނާޒް މޫސާގެ މި ރިޕޯޓްގައި ވަނީ މިކަމާ މެދު އާންމުން ދެކޭ ގޮތާއި، ކަމުގެ ހަގީގަތާއި އަދި މިހާރު ލަވަކިޔުން ހުއްޓާލާފައިވާ އަލީ ރަމީޒު ދެކޭނެ ގޮތްވެސް ގެނެސްދީފައެވެ.


2.ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކޮށްފި

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން ދެވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކޮށްފި"، މި ނަމުގައި މުއައްލިމް އިބްރާހިމް ލިޔުނު ޚަބަރެވެ. މި އަހަރު ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދި މި ހާދިސާގައި ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ޖިންސީ ގޯނާ/ރޭޕް ކުރަން އުޅެފައިވާކަމަށް މިހާރު ވަނީ އެނގިފައެވެ. މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.


1.ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި" ނަމުގައި ނ.މަނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުޅަދާނަ ލިޔުންތެރިޔާ އަބްދުﷲ ސައީދު ލިޔުއްވާފައިވާ ވާހަކައެވެ. ރޫހާނީ ކަންތައްތަކެއް ހިމެނޭ މި ހަގީގީ ހާދިސާގެ ވާހަކައަކީ ގިނަބަޔަކަށް ކަމުދިޔަ ލިޔުމެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް މިއަހަރުގައި ހިނގި މުހިންމު ގިނަ ހާދިސާތަކެއްގެ ތާޒާ ޚަަބަރުތައް، މައްސަލައިގެ އެކި ފަރާތްތަކުގެ ނަޒަރުގައި ވޮއިސްއިން ވާނީ ގެނެސްދީފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާ، ވެންޓިލޭޓަރުތަކުގެ ބޮޑު ޚިޔާނާތާ، އިޖްތިމާއީ އެތަކެއް މައްސަލަތައް ފާޅުވެ އަދި ޖިންސީ ކުށްތަކުގެ ބޮޑެތި މައްސަލަތައް ހިމެނެެއެވެ. އަދި މީގެ އިތުރުން ވޮއިސްގެ ނިއުސްޓީމުން ވާނީ އެކި މުނާސަބަތުތަކާާއި ގުޅިގެންނާއި، މުހިންމު އިގްތިސާދީ އަދި އިޖްތިމާއީ ރިޕޯޓްތައް ގެނެސްދީފައެވެ. 

ނިމިގެންދާ އަހަރަކީ ދިވެހި ނޫސްވެރިކަމުގެ ހަޔާތުގައި ވޮއިސްއިން ބޮޑު ކާމިޔާބީއެއް ހޯދި އަހަރެކެވެ. އެގޮތުން ބެންގާލީ ބަހުން ރާއްޖޭގެ ޚަބަރުތައް ގެނެސްދޭ، ވޮއިސް ބެންގާލީ އެޑިޝަނެއް ވާނީ ތައާރަފްކުރެވިފައެވެ. މިއާއި އެކު މި ނޫހަކީ ދިވެހިރާއްޖޭގައި ތިންބަހުން ޚަބަރުތައް ގެނެސްދޭ ހަމައެކަނި ނޫހަށް ވަނީ ވެގެން ގޮސްފައެވެ. މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ކިޔުންތެރިންގެ ލޯތްބާއި ބިނާކުރަނިވި ފާޑުކިޔުމެވެ. މި ފެށޭ 2021 ވަނަ އަހަރުގައިވެސް ވޮއިސްއިން ކިޔުންތެެރިންނަށް ތަފާތު ދައްކާނަމެވެ. ތާާޒާ އަދި ތަފާތު ޚަބަރުތަކާާއި ރިޕޯޓްތައް ފޯރުކޮށްދޭނަމެވެ. އިންތިޒާރު ކުރައްވާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.