ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

07 Jan 2021 | 11:11

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ކުރީގެ ފަނޑިޔާރު މުޖްތާޒް ފަޙުމީ އަވަހާރަވެއްޖެއެވެ.

މުޖުތާޒް އަވަހާރަވީ ރޭ ދަންވަރު 2:00 ގައެވެ.

މުޖުތާޒް އަވަހާރަވެފައިވާކަން އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުން އަންނާތީ ކޮވިޑަށް ޓެސްޓުކުރުމުން މިމަހުގެ ތިންވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.

އުމުން 60 އަހަރުގެ މުޖުތާޒަކީ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮޓޯ:ސަން

Advertisement

ކޮމެންޓް