12 Jan 2021 | 17:34
އިނގުރައިދޫ ދާއިރާގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ރައީސް ޞާލިހް ވިދާޅެއްނުވޭ: މެންބަރު ހަސަން

އިނގުރައިދޫ ދާއިރާގެ އެއާޕޯޓެއް އަޅުއްވާާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައި ނުވާކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ސަންގުޓީވީން މިރޭ ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ޕްރޮގްރާމްގައި ޕްރެޒެންޓަރ އަހުމަދު ފައިރޫޒް ވަނީ 2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި، އިނގުރައިދޫ ދާއިރާގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ވިދާޅުވިކަން ފާހަގަކޮށްފައެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ހަސަންޓޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުނުވާ ކަމަށެވެ.

އެހެން ނަމަވެސް ރ.އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އޮންނަން ޖެހޭކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އެއީ އިގްތިސާދީގޮތުން ބަލާއިރު ކުރަންޖެހޭނެ ކަމެއް ކަމަށާއި، ކަމެއްކުރާނަމަ އެކަމެއް ކުރަންވާނީ އިގްތިސާދީ ގޮތުން ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ތަނަކީ ފުރިހަމަވެފައި އޮންނަ ތަންތަނެއް ނޫންކަމަށް މެންބަރު ހަސަންޓޭ ސިފަކުރެއްވިއެވެ.

މެންބަރު ހަސަންޓޭ ވަނީ މާތް ރަސްކަލާނގެ ހެޔޮރަހުމަތްފުޅުން މި ސަރުކާރުން ރ.އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް ގާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. ހަސަންޓޭ އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ރ.ފައިނުގައި އެއާޕޯޓެއް އަޅާނެކަމަށްބުނެ އެރުވީ "އަޑެއް"ކަމަށާއި، ނަމަވެސް އެރަށު ކައުންސިލާއި އެކަމުގެ އެގްރީމެންޓް ހިއްސާކޮށްފައި ނުވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.