އެމެރިކާގެ 49ވަނަ ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވައިފި

21 Jan 2021 | 07:30

އެމެރިކާގެ 49ވަނަ ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ދޭވީ ހެރިސް ކުރައްވައިފިއެވެ.

2020ވަނަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެންގެ ރަނިންގމޭޓް ކަމަލާއަށް މަގާމުގެ ހުވާލައިދެއްވީ އެމެރިކާގެ ސުޕްރީމް ކޯޓުގެ އެސޯސިއޭޓް ޖަސްޓިސް ސޯނިޔާ ސޮޓޮމޭޔަރއެވެ.

ނައިބު ރައީސްކަމުގެ މަގާމުގެ ކުރިން ކަމަލާ އަދާކުރެއްވީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރކަމުގެ މަގާމެވެ. އެކަމަނާ ވަނީ އެ ސްޓޭޓްގެ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ނައިބު ރައީސް ކަމަލާއަކީ އެމެރިކާގެ ތާރީޚްގައި އެގައުމުގެ ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. އަދި ކަޅު އަދި އިންޑިއާ ނަސްލަށް ނިސްބަތްވާ ފުރަތަމަ ނައިބު ރައީސްވެސް މެއެވެ.

Advertisement

ކޮމެންޓް

Advertisement